އައިޖީއެމްއެޗަށް 8 މެޑިކަލް އޮފިސަރުން ހޯދަނީ

އައިޖީއެމްއެޗަށް 8 މެޑިކަލް އޮފިސަރުން ހޯދަނީ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗަށް 8 މެޑިކަލް އޮފިސަރުން ހޯދަން އިއުލާން ކޮށްފިއެވެ.

އައިޖީއެމްއެޗް އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ، އެ ހޮސްޕިޓަލާއި އެ ހޮސްޕިޓަލްގެ ދަށުން މާލެ ސަރަހައްދުގައި ހިންގަމުންދާ ހޮސްޕިޓަލްތަކަށް ޖުމުލަ 8 މެޑިކަލް އޮފިސަރުން ބޭނުންވާ ކަމަށެވެ.

މި މަގާމަށް ހޮވޭ ފަރާތްތަކަށް މަގާމުގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު -/18،129 ރުފިޔާ، މަގާމުގެ އެލަވަންސްގެ ގޮތުގައި -/10،382 ރުފިޔާ އަދި ޙާޟިރީ އިނާޔަތުގެ ގޮތުގައި -/281 ރުފިޔާ މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް ލިބޭނެ ކަމަށް އިއުލާނުގައި ވެއެވެ. މީގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން، ހުށަހަޅަންޖެހޭ ތަކެތި 31 މެއި 2023 ވާ ބުދަދުވަހުގެ 13:00 ގެ ކުރިން އެ ހޮސްޕިޓަލްގެ އީ-މެއިލް [email protected] އަށް މެއިލް ކުރުމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *