ފ. ނިލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވ.ެ އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވ،ީ ޕަރމަނަންޓް ސެކްރެޓަރ،ީ ޒީނިޔާ ހަމީދެވ.ެ
2,300 މީހުންގެ އާބާދީގެ ފ. ނިލަންދޫއަކީ ގުދުރަތީ ބޮޑު ފަޅަކާއި ވިލެއްގެ އިތުރުން ހިތްގައިމު ތުނޑިއެއްވެސް އޮންނަ ރަށެކެވ.ެ ހަމައެހެންމ،ެ ނިލަންދޫއަކީ މި އަތޮޅު ވެރިކަން ކުރާ ރަށަށްވުމާއެކ،ު ގިނަ ރައްޔިތުންތަކެއް ވަޒީފާ އަދާކުރާނީ ސަރުކާރުގެ އެކި އެކި މުއައްސަސާތަކުގައެވ.ެ އެހެންކަމުން ފ. އަތޮޅުގެ އެހެން ރަށްތަކުންނާއި އަދި ދ. އަތޮޅުގެ ގިނަ ރަށްތަކުންވެސް އެކި އެކި އިދާރީ އަދި ސިއްހީ ޚިދުމަތް ހޯދުމަށް މި ރަށަށް ބަރޯސާވެއެވ.ެ މި ރަށުގައި ކަންނެލި ނުވަތަ ކަނޑުމަހުގެ މަސްވެރިކަން ނެތް ނަމަވެސ،ް މޫސުމީ މަސްވެރިކަމާއި ފާނައިގެ މަސްވެރިކަން ކުރާ 7 ވަރަކަށް ލޯންޗުފަހަރު އޮވެއެވ.ެ
ހަމައެހެންމެ މާލެއާއި މި އަތޮޅުގެ ރަށްތަކާއި ދޭތެރޭ މުދާ އުފުލާ އޮޑިފަހަރެއްވެސް މި ރަށުގައި އޮވެއެވެ. މީގެ އިތުރުން މާލެ ދަތުރުކުރާ ލޯންޗްފަހަރާއި ފުދޭވަރަކަށް ޑިންގީތައްވެސް މި ރަށު ބަނދަރުގައި އަޅާފައި އޮތުމާއެކ،ު މި ރަށު ބަނދަރުވަނީ ރަށުގެ ބޭނުންތަކަށް ފުދޭވަރަށްވުރެ ކުޑަވެފައެވ.ެ އެހެންކަމުނ،ް މި ރަށު ރައް ޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީވެސް ރަށުގެ ބަނދަރު ބޭނުންކުރުމުގައި އޮތް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވުމެވ.ެ އަދ،ި މި ރަށުގެ އިޤްތިޞާދު ކުރިއެރުވުމަށްވެސް ރަށަށް މިވަގުތު ބޭނުންވެފައިވާ އެންމެ މުޙިންމު އެއް ވަސީލަތަކީ ޖާގަ ތަނަވަސ،ް ފެންވަރު ރަނގަޅު ޒަމާނީ ބަނދަރެއް އޮތުންކަމުގައި ރަށުގެ ރައްޔިތުން މިއަދު ދެކެއެވެ.
MTCC has signed an agreement with @MoNPHImv towards implementation of F. Nilandhoo Harbor Development Project. CEO @adamazim signed on behalf of MTCC and Ms. Zeeniya Hameed, PS, signed on behalf of Ministry. MP @JeyFour graced the ceremony.
Scope of works include, harbor basin… pic.twitter.com/0y3yZNUGbr
— MTCC Plc (@MTCCPlc) May 24, 2023
މި މަޝްރޫޢުގެ ދަށުނ،ް 55,141 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއ،ި 6,933 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއ،ި 261 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއ،ި 75 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 194 މީޓަރުގެ ސަރަޙައްދެއްގެ ބޭރު ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއް ލުމާއ،ި 188 މީޓަރުގެ ސަރަޙައްދެއްގެ އެތެރޭ ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއް ލުމާއ،ި 237 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއ،ި މޫރިންގ ބޯއީސް ހަރުކުރުމާއ،ި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއ،ި 100 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއ،ި 18 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއ،ި ބަނދަރު ބައްތި ހަރުކުރުމާއ،ި 1,151 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއ،ި 204 މީޓަރުގެ ކަރބް ސްޓޯން ހަރުކުރުމުގެ މަސައްކަ ތް ހިމެނެއެވ.ެ މި މަޝްރޫޢަކީ 61.75 މިލިއަން ރުފިޔާއަށް 510 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
ކޮމެންޓު ފޮނުވާ