ވީނުވީއެއް ނޭނގިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ ޅ. ކުރެންދޫ / ހުދުފަޅު، ޢަބްދުއްނާފިޢު އިބްރާހިމް (17އ) ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ކުއްޖާ އަމިއްލައަށް މިރޭގެ ވަގުތެއްގައި ގެއަށް އައސްފައިވާކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅުކަމަށް އާއިލާއިން މައުލޫމާތު ދީފައިވާކަމަށެވެ.
ޢަބްދުއްނާފިޢު އިބްރާހީމް ވީނުވީ ތަނެއް ނޭނގިގެން ޢާއިލާއިން ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ޢަބްދުއްނާފިޢު އިބްރާހީމް ވީނުވީ ތަނެއް ނޭނގިގެން ޢާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހައި ބަހާތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށް، ޢަބްދުއްނާފިޢު އިބްރާހީމް ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ރެއާއި މިއަދުވެސް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ