"ބަޅިނދު" މި އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކަށް

"ބަޅިނދު" މި އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކަށް

ޑާކްރެއިން އެންޓަޓައިންމެންޓް އިން ގެނެސްދޭ ފިލްމް "ބަޅިނދު" މި އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކަށް ގެންނަން ނިންމައިފައިވާ ކަމަށް އިއުލާން ކޮށްފިއެވެ.

އެ ސްޓޫޑިއޯ އިން ބުނިގޮތުގައި މި ފިލްމް ސިންމާތަކަށް ގެންނަށް ތާވަލް ކޮށްފައިވަނީ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގައިއެވެ. މި ފިލްމް އަކީ މާލެ އަދި ހުޅުމާލޭގައި ޝޫޓްކޮށްފައިވާ ފިލްމްއެކެވެ.

ބަޅިނދު ކާސްޓުގައި ހިމެނެނީ  އާޝާ، ޖުމައިހު، ހުނޫ، ދޮން އައްޔަ، ނުޒުހަތު ޝުއައިބު، އައިޝާ، ޝަރަފް އަދި މަޖޫ އެވެ. މީގެ ކުރިން "ބަޅިނދު"ގެ ޓީޒާ އެއް ސޯޝަލް މީޑިއާއަށް ދޫކޮށްލިއިރު އެ ޓީޒާ ވަރަށް ތަފާތެވެ.

https://www.facebook.com/watch/Balhindhu/

އޮލިމްޕަސް ބަންދުކޮށްފައި ހުންނަތާ ގާތްގަނޑަކަށް ތިން އަހަރެއްހައި ދުވަސްފަހުން، މިއަހަރު އޮލިމްޕަސް ސިނަމާ ހުޅުވީވެސް ޑާކްރެއިންގެ ފިލްމް އަކުންނެވެ. އެއީ ލީޑުން ކޮޕީ އިއްސެ އާއި އެކު ފިލްމީ ދާއިރާ އަށް ލަވަކިއުތެރިއާ އަޝްފާ ތައާރަފްވި ފިލްމް "ބީވީމާ" އެވެ.

"ބަޅިނދު" މި އަހަރު ބެލުންތެރިންނަށް ގެނެސްދޭން ނިންމި އިރު، މި ފިލްމަކީ 2019 ގެ ފަހުކޮޅު މަސައްކަތް ފެށި ފިލްމެކެވެ. ނަމަވެސް ފިލްމް ކޮވިޑް-19 ގެ ސަބަބުން ވަނީ ލަސްވެގެން ގޮސްފައިއެވެ.

މި ފިލްމަކީ ހޫދު އިބްރާހިމް ލިޔެ އަހްމަދު ޝިނާން ޑައިރެކްޓްކުރާ ބިރުވެރި ފިލްމެކެވެ. ޝިނާން އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2019 ގެ "ގޮށްރާޅު" އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *