ހުޅުމާލޭގައި މިރޭ ފުުލުހަކަށް ހަމާލާދިން މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުުހުންގެ ޚިދުމަތުން ބުނީ ހުޅުމާލޭގައި ގްރޫޕަކުން ހަމަލާދިން ފުލުސް މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށެވެ. ނަމަވެސް އޭނާއަށް ލިބިފަައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.
މި މައްސަލައާ ގުޅިގެން 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މައްސަލަ ތަހްޤީގު ކުރައްވަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިމައްސަލައިގެ މާބޮޑު ތަފްސީލެއް އަދި ހައްޔަރު ކުރި މީހުންގެ ވަނަ ވަރެއްވެސް ހަމަކޮށްފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ