ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތައްޔާރުވެފައިވާކަމަށާ، އެމައްސަލާގައި މިހާރު ސޮއި ކުރައްވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ކްލަބް ހައުސްގައި އެމްއެންޕީން ކުރިއަށްގެންދާ "ނާޒިމް ބުނީ ކީކޭ؟"ގެ ސެޝަންގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގެ ދެކުނުގެ އިމުގެ މައްސަލާގައި ރައީސް ޞާލިޙްވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައި ނެތް ބާރެއް ބޭނުންކުރައްވާފަކަމަށެވެ. އިތުބާރު ނެތްކަމުގެ ވޯޓުނަގައި ރައީސް ޞާލިޙް އަޒުލުކުރަން ސޮއިކުރެއްވީ މިސަބަބާހެދިކަމަށް ނާޒިމް ވިދާޅުވިއެވެ.
ދެކުނުގެ ކަނޑުގެ އިމުގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަނީ ރާއްޖޭގެ ކަނޑުން ބައެއް، ސަރުކާރުން ވިއްކާލީކަމަށެވެ. އަދި ރާއްޖެއަށް ބޮޑު ގެއްލުމެއްވާގޮތަށް މިކަން ނިންމެވީ ސީދާ ރައީސް ޞާލިޙު ވެވަޑައިގެންނެވި އިހުމާލެއްގެ ސަބަބުންކަމަށް އިދިކޮޅުން ތުހުަމތުކުރެއެވެ. މިމައްސަލާގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަންވެސް އިދިކޮޅުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާހަގަކޮށްލެވެއެވެ.
މިމައްސަލާގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ޖުމްހޫރީ ޕާޓީއާއި އެމްއެންޕީ އަދި ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ޙަރަކާތުން އަންނަނީ ގުޅިގެން މަސައްކަތްކުރަމުންނެވެ.
ކޮމެންޓު ފޮނުވާ