ރައީސް ޞާލިހަކީ ހެޔޮލަފާ ކެތްތެރި ވެރިއެއްކަން ދިވެހި ތާރީޚު ހެކިވާނެ: ޝާހިދު

ރައީސް ޞާލިހަކީ ހެޔޮލަފާ ކެތްތެރި ވެރިއެއްކަން ދިވެހި ތާރީޚު ހެކިވާނެ: ޝާހިދު

Author
މުޙައްމަދު ޝަޒައިމް
20 މެއި 2023 08:40
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަކީ ހެޔޮލަފާ ކެތްތެރި ވެރިއެއްކަން ދިވެހި ތާރީޚު ހެކިވާނެ ކަމުގައި ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވި އެމްޑީޕީގެ ތެރޭގައި އުފެދު ޚިޔާލް ތަފާތުވުން ބޮޑުވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންވައިގެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމެވުމާއި ގުޅިގެން އެމްޑީޕީއަށް އަމާޒުވާ ފާޑުކިޔުންތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. މިނިސްޓަރ ޝާހިދަކީ ރައީސް ޞާލިހު އެންމެ އިތުބާރު ކުރައްވާ ކެބިނެޓް މިނިސްޓަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

ޝާހިދަކީ ރައީސް ޞާލިހު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވާކަން އިއުލާން ކުރެވުމާއިއެކު ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭކަމަށް ވަކާލާތު ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ޤައުމުން ބޭރުގައި ހުންނަވައިގެން ޝާހިދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސް ޞާލިހަކީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ހެޔޮލަފާ ވެރިކަމެއް ކޮށްދެއްވި ވެރިއެއްކަން ދިވެހި ތާރީހު ހެކިދޭނެކަމަށެވެ.

ހިތްތިރި، ކެތްތެރި، އޯގާތެރި، ހެޔޮލަފާ، ރައްޔިތުން ދެކެ ލޯބިވާ ވެރިއެއް! ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަކީ ދިވެހިރާއްޖޭގެ ތާރީޚު އެކަމަށް ހެކިވާނެ ފަދަ ނަމޫނާ ވެރިއެއް!

– ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ ރިޔާސީ ޕްރައިމަރީގައިވެސް ރައީސް ޞާލިހާއި މިސަރުކާރަށް އަމާޒުކުރި ފާޑުކިޔުންތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން މިސަރުކާރުގެ ބޮލުގައި އަޅުވަމުންދާ ވައްކަމުގެ ތުހުމަތު ތަކާއި ގުޅިގެން ޝާހިދު ވިދާޅުވެފައިވަނީ ސަރުކާރުން ދައުލަތުގެ ފައިސާއަށް ހަދާ ގޮތެއް ނޭނގޭ ކަމަށް ބުނެ އެކި ކަހަލަ ތުހުމަތުތައް އިދިކޮޅުން ކޮށް، ފައިސާއަށް ވީގޮތް ހޯދަން ކަމަށް ބުނެ މަސައްކަތްކުރާއިރު މިހާރު އެ ބޭފުޅުންނަށް ފައިސާ ނުފެންނަނީ އެ ފައިސާ ރައީސް ޞާލިޙު ރައްޔިތުންނަށް ޚަރަދުކުރައްވާތީ ކަމަށެވެ.

އެގޮތުން އިދިކޮޅުގެ ވެރިކަމުގައި ހިންގި ކޮންމެ މަޝްރޫޢަކީ އޭގެތެރޭގައި ކޮރަޕްޝަނާއި، އަމިއްލަ މަންފާ ހިމެނިފައިވާ މަޝްރޫޢެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ކުރިއަށް އަނެއްކާވެސް ރިޔާސީ އިންތިޚާބެއް އޮތްކަން ހަނދާންކޮށްދެއްވާ ޝާހިދު ވިދާޅުވީ، ވެރިކަމުގެ މިހާތަނަށް އައި އިރު ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑެތި ކުރިއެރުމާއި، ތަރައްޤީ ގެނެސްދީފައި ވަނީ ރައީސް ޞާލިޙު ކަމަށެވެ. އަދި ދެން ވެސް އަމާން، ސުލްހަވެރި ވެރިކަމެއް ޤައުމަށް ބޭނުންނަމަ ކުރިއަށް އޮތް ދައުރަށް ވެސް ރައީސް ޞާލިޙު އިންތިޚާބުކުރުމަށް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޝ ޝިފްލީ
ޢެއީ ބޮޑުވަގެއް