ފުރަތަމަ ހަތަރުމަހު ފުލުހުންނަށް 3،508 މައްސަލަ

ފުރަތަމަ ހަތަރުމަހު ފުލުހުންނަށް 3،508 މައްސަލަ

Author
މުޙައްމަދު ޝަޒައިމް
20 މެއި 2023 11:58
0

މިއަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި ފުލުހުންނަށް 3508 މައްސަލަ ހުށަހަޅާފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ ފުރަތަމަ ތިން މަހު ރިޕޯޓްކޮށްފައި ވަނީ 3508 މައްސަލައެވެ. އޭގެ ތެރެއިން 2520 މައްސަލަ ހުށަހަޅާފައިވަނީ މާލެއިންނެވެ.

މި އަހަރުގެ ފުރަތަމަ ހަތަރު މަހު 539 އެކްސިޑެންޓު މަގުމަތީގައި ހިނގައި 77 މީހަކަށް ހާނީއްކަވެފައިވާ ކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކައެވެ. މިއަހަރު ހިނގި އެކްސިޑެންޓުތަކަށް ބަލާއިރު އެންމެ ގިނައިން އެކްސިޑެންޓުވެފައި ވަނީ ކާރެވެ. އެކްސިޑެންޓުތަކުގައި 341 ކާރު ހިމެނުނެވެ. އެކްސިޑެންޓުވި ސައިކަލުގެ އަދަދަކީ 317 އެވެ. އޭގެ އިތުރުން، ހަ ހެވީ-ވެހިކަލެއް ވެސް އެކްސިޑެންޓުވެފައިވެއެވެ.

މާލޭގެ އިތުރުން ދެން އެންމެ ގިނައިން އެކްސިޑެންޓު ހިނގީ ފުވައްމުލަކުގަ އެވެ. އެ ރަށުގައި ނުވަ އެކްސިޑެންޓު ހިނގި އެވެ. އަދި އައްޑޫގައި ހަ އެކްސިޑެންޓު ހިނގިއިރު ކުޅުދުއްފުށީގައި ހިނގީ އެންމެ ތިން އެކްސިޑެންޓެވެ.

ފުރަތަމަ ހަތަރު ކުއާޓަރުގައި ޓްރެފިކުގެ ގަވާއިދުތަކަށް އެންމެ ގިނަ މީހުން ހިލާފުވީ ލައިސަންސު ނެތި ވެހިކަލް ދުއްވައިގެނެވެ. އެގޮތުން ލައިސަންސު ނުލައި ސައިކަލު ދުއްވުމުގެ 824 މައްސަލައެއް އޭޕްރީލްގެ ނިޔަލަށް ފުލުހުން ބެލި އެވެ. ދެން އެންމެ ގިނައީ ރޯޑްވާދިނަންސް ނުހައްދައި ދުއްވުމުގެ މައްސަލަ އެވެ. އެފަދަ 283 މައްސަލަ ފުލުހުން ބެލިއެވެ.

ފުރަތަމަ ހަތަރު މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތައް:

– ވައްކަން ކުރުމުގެ 882 މައްސަލަ
– ޓްރެފިކް އެކްސިޑެންޓު 539 މައްސަލަ
– މުދަލަށް ގެއްލުން ދިނުމުގެ 141 މައްސަލަ
– މަކަރާއި ހީލަތް ހެދުން 162 މައްސަލަ
– ޖިންސީ ފުރައްސާރައިގެ 6 މައްސަލަ
– ޖިންސީ ގޯނާގެ 63 މައްސަލަ
– އަނިޔާ ކުރުމުގެ 132 މައްސަލަ
– ގެވެށި އަނިޔާ 57 މައްސަލަ
– ފޭރުމުގެ 82 މައްސަލަ
– ފޯޖް ކުރުމުގެ 34 މައްސަލަ
– މަސްތުވާތަކެއްޗާ ގުޅޭ 461 މައްސަލަ
– އެއްޗެހި ގެއްލުމުގެ 96 މައްސަލަ
– ޗެކް ބައުންސްވުމުގެ 3 މައްސަލަ

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 113 މައްސަލައެއް ބަލައި ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ. ދައުވާކުރުމަށް ފޮނުވި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލައެވެ. އެ ބާވަތުގެ 69 މައްސަލައަށް ޕީޖީއަށް ފޮނުވާފައި އެވެ. އަދި ވައްކަމުގެ 24 މައްސަލައެއް ވެސް ފޮނުވާފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.