"ސަތިއަޕްރޭމް ކީ ކާތާ" ރިލީޒްކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ. މީ މިއަހަރުގެ ވަރަށް އުންމީދީ ފިލްމް އެކެވެ. މި ފިލްމް އަކީ ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމުގައިވާ ކާތިކް އާރިޔާން އާއި ކިއާރާ އަދުވާނީ އެކުގައި ފެނިގެންދާ ފިލްމްއެކެވެ.
އެދެތަރިން އެކުގައި މީގެކުރިން ވަނީ "ބޫލް ބުލައްޔާ 2″ އިން ފެނިގެން ގޮސްފައިއެވެ. އެ ފިލްމް އަކީ މިދިއަ އަހަރު ރިލީޒް ކުރި ފިލްމް އެކެވެ. އަދި އެހާމެ ކާމިޔާބު ފިލްމްއެކެވެ.
މީގެ އިތުުރުން މި ފިލްމް ގައި އެދެމީހުންގެ ކެމިސްޓްރީ ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައިއެވެ. މި ފިލްމް އަކީ މިދިއަ އަހަރު ރިލީޒް ކުރި އެންމެ ކާމިޔާބު އެއް ފިލްމްއެވެ.
ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ނެޝަނަލް އެވޯޑް ހޯދާފައިވާ ޑައިރެކްޓަރު ސަމީރު ވިދުވަންސް ޑައިރެކްޓްކުރި މި މިއުޒިކަލް ރޮމޭންސް ފިލްމު ރިލީޒްކުރަން ނިންމާފައީ އަންނަ މަހުގެ 29 ގަ އެވެ.
"ސަތިއަޕްރޭމް ކީ ކާތާ" އަކީ ކިއާރާ އާއި އެކްޓަރު ސިދާތު މަލްއުތުރާއާ ކައިވެނިކުރި ފަހުން ބެލުންތެރިންނާ ހަމައަށް އަންނަ ކިއާރާގެ ފުރަތަމަ ފިލްމެވެ. ކާތިކްގެ އެންމެ ފަހުގެ ފިލްމަކީ ފެބްރުއަރީގައި ރިލީޒްކުރި "ޝެހެޒާދާ" އެވެ.