ޖަވާބުދާރީ ވާން ރިއްފަތަށް 30 މިނިޓް

ޖަވާބުދާރީ ވާން ރިއްފަތަށް 30 މިނިޓް

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލާގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހަޅާފައިވާ ބަންޑާރަނައިބް އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމަށް ރިއްފަތަށް 30 މިނިޓް ދިނުމަށް މަޖިލިހުގެ އާންމު ކޮމިޓީން ނިންމައިފިއެވެ.

އާއްމު ކޮމިޓީން ނިންމާފައިވަނީ މީގެ ކުރިން ވެސް އަމަލު ކުރާ އުސޫލުން، ދިފާއުގައި ވާހަކަ ދެއްކުމަށް ބަހުސް ފެށުމުގެ ކުރިން 10 މިނެޓު، މެމްބަރުންގެ މެދުގައި ކުރިޔަށް ގެންދާ ބަހުސްގެ ތެރެއިން 10 މިނެޓު އަދި ބަހުސް ނިމުމުން ދޭ 10 މިނެޓާއި އެކު ޖުމްލަ 30 މިނިޓް މިމައްސަލާގައިވެސް ޖަވާބުދާރީ ވުމަށް ދިނުމަށެވެ.

ޓްލޮސް އިން ވަނީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބޭގޮތަށް ނިންމާފައެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ. އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ 47،000 އަކަ މޭލު ގެއްލިގެން ހިނގައްޖެ ކަމަށާއި އެހެންވެ، އެ ނިންމުން ބަލައިނުގަންނާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ދަނީ ބުނަމުންނެވެ.

މިކަމާއި ސަރުކާރުގެ ވެރިންގެ އިހުމާލު އެބަ އޮތް ކަމަށް ސިޔާސީ ޕާޓީތަކުން ގޮވާލަމުންދާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕީޖީ ގްރޫޕްއިން ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

ރިފްއަތުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގެ މެންބަރުންނާއި ޕީޕީއެމް/ޕީއެންސީ އާއި ޖުމްހުރީ ޕާޓީ އަދި އެމްއެންޕީ ގުޅިގެންނެވެ. އެ މައްސަލަ ހުށަހެޅުމާ ގުޅިގެން މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެ މައްސަލަ ހިނގާނެ ކަމަށް މަޖިލިހުގެ އިދާރާ އިން މިއަދު ވަނީ ޓުވީޓް ކޮށްފައެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަދުވެގެން 10 މެންބަރުންގެ ސޮއިއާއެކުއެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހުގެ 43 މެމްބަރުންގެ އަޤްލަބިއްޔަތު ބޭނުންވާއިރު އިދިކޮޅު ފަރާތްތަކަށް އޮތީ 29 މެންބަރުންގެ ތާއީދެވެ.

ގާނޫނުއަސާސީގައިވާ ގޮތުން އެ މައްސަލަ އާ ބެހޭ ބަހުސް މަޖިލީހުގައި ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަން ވާނެއެވެ. އަދި އަނގަބަހުންނާއި ލިޔުމުން ދިފާއުވުމުގެ ހައްގު އޮންނާނެއެވެ. މަޖިލީޙުގެ ސުޕަމެޖޯރިޓީ އޮތް އެމްޑީޕީން ބުނެފައިވަނީ މިމައްސަލަ ކާމިޔާބުވިޔަ ނުދޭނެކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *