ގިނަބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމް "ސަތިއަޕްރޭމް ކީ ކާތާ" ޓީޒާ މިއަދު ދައްކާލައިފިއެވެ.
މިއީ ބޮލީވުޑްގެ ޒުވާން ދެތަރިން ކަމުގައިވާ ކާތިކް އާރިޔާން އާއި ކިއާރާ އަދުވަނީ އެކުގައި ފެނިގެންދާ ދެވަނަ ފިލްމްއެވެ. މި ދެތަރިން ގެ އަލަތު ފިލްމް އަކީ މިދިއަ އަހަރު ރިލީޒް ކުރި "ބޫލް ބުލައްޔާ 2″ އެވެ.
މި ފިލްމް އަކި މިދިއަ އަހަރު ނެރުނު އެންމެ ކާމިޔާބު އެއް ފިލްމްއެވެ. މި ފިލްމަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިއެވެ.
ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ނެޝަނަލް އެވޯޑް ހޯދާފައިވާ ޑައިރެކްޓަރު ސަމީރު ވިދުވަންސް ޑައިރެކްޓްކުރި މި މިއުޒިކަލް ރޮމޭންސް ފިލްމު އަންނަ މަހުގައި ރިލީޒް ކުރާނެއެވެ. މީ ބެލުންތެރިން ވަރަށް އިންތިޒާރު ކުރަމުން އަންނަ ފިލްމް އެކެވެ.