ހަސަން ލަތީފް ރައީސްއަށް: ރައީސް އުޅުއްވަނީ ޕާޓީ ބައިބައި ކުރައްވަން

ހަސަން ލަތީފް ރައީސްއަށް: ރައީސް އުޅުއްވަނީ ޕާޓީ ބައިބައި ކުރައްވަން

Author
އަޒްފާ ރަޝީދު
16 މެއި 2023 06:15
0

ރައީސް ޞާލިހް ވަނީ ޕާޓީގެ މަސްލަހަތު ދޫކޮށް ޕާޓީ ބައިބައިކުރައްވާ ޕާޓީގެ އިތުބާރު ގެއްލުވާލާފަކަމަށާއި ޕާޓީއިން ވަކިކުރަންޖެހޭ ފަރާތަކީ ރައީސް ޞާލިހްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ އަސާސީ ޤަވާއިދާއި، އުޞޫލުތަކާއި ޚިލާފަށް ޢަމަލުކުރައްވަމުންދާތީކަމަށް ބުނެ މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމް އެމްޑީޕީން ވަކިކުރުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމައި ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެމްޑީޕީގެ އެތެރޭގެ އެއްވެސް އިންތިޚާބެއްގައި ވާދަކޮށް ޓިކެޓް ނުލިބޭ ގޮތަށް ކަނޑައަޅުމާއި ގުޅިގެންނެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން މިއަދު ނިންމާފައިވަނީ އާޒިމަށް އެމްޑީޕީއާއި އަލުން ގުޅިވަޑައިގެންނެވޭނީ އެއް އަހަރު ފަހުންކަމަށެވެ. އަދި އޭނާއަށް މެމްބަރަކަށް ވެވޭނީ އަލަށް 100 މެމްބަރުން ޕާޓީއަށް ވެއްދުމުގެ ފޯމާ އެކުގައި ކަމަށް ވެސް ކޮމިޓީން ނިންމިއެވެ.

މިކަމާއި ގުޅިގެން ހަސަން ލަތީފް ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވީ އެމްޑީޕީގެ އަސާސީ ޤަވަޢިދުގައި ވަނީ ޕާޓީގެ އެންމެ އިސް ފަރާތުގެ ވާޖިބަކީ ޕާޓީގެ އެއްބައިވަންތަކަން ޤާއިމްކޮށް ޕާޓީގެ މަޤްޞަދުތައް ހާސިލްކުރަންކަމުގައި ވިދާޅުވިއެވެ. ނަމަވެސް މިއާ ޚިލާފަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އަމަލު ކުރައްވަމުން ގެންދަވަނީ ޕާޓީގެ މަސްލަހަތު ދޫކޮށް ޕާޓީ ބައިބައި ކުރައްވައި ޕާޓީގެ އިތުބާރު ގެއްލުވާލުމަށް ކަމަށް ވިދާޅުވިއެވެ.

އަދި ޕާޓީއިން މީހަކު ވަކި ކުރަންޏާ ވަކި ކުރަންވީ ރައީސް ޞާލިހް ކަަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަކިކުރުމާއި އެކު އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް އަންނަނީ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހް ޕާޓީއިން ވަކިކުރުމަށް ގޮވާލަމުންނެވެ. މީގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުވެސް ހިމެނިވަޑައިގަންނަވައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިއްބެ
ތިޔަދެބައިމީހުންގައިގަވެސްއޮތީއަމިއްލައެދުންއެހެންކަމަށްވާނަމައެއްވެސްކަމެއްރަނގަޅެއްނުވާނެ
އ އަހްމަދް
އޭބަލަ މިހިރަ ހޭބަލި ކަލޭގެ ކަލޭނުންތަ ބައިބަޔަ ކޮޅުކޮޅަށް ތިދުވަނީ