އެސްޓަން ވިލާ ބަލިކޮށް ވެސްޓްހޭމް ލީގުގެ ފަސްވަނައަށް

އެސްޓަން ވިލާ ބަލިކޮށް ވެސްޓްހޭމް ލީގުގެ ފަސްވަނައަށް

ގުޅުންހުރި

އިނގިރޭސި ލީގުގައި ރޭ ވެސްޓްހަމް މޮޅުވެ ފަސްވަނައަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެ ވެސްޓްހޭމް މޮޅުވީ އެސްޓަން ވިލާއާ ވާދަކޮށް 2-1 ލަނޑުންނެވެ. މެޗުގެ ދެވަނަ މިނިޓުގައި ވެސްޓްހޭމް ގެ އެންގޯލޯ އޮގްބޮންނާ ލީޑްނަގައި ކުރި ހޯދި އިރު ފުރަތަމަ ހާފްގެ 25 މނިޓުގައި އެސްޓަން ވިލާއިން ނަތީޖާ ހަމަހަމކުރީ ޖެކް ގްރީލިޝް ކާމިޔާބުކުރި ލަނޑުންނެވެ. މިއީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ވެސްޓްހޭމް އިން ލީގުގައި ޖެހި އެންމެ އަވަސް ލަނޑެވެ.

ވެސްޓްހަމްއިން މެޗުން މޮޅުވި ލަނޑު އެޓީމުން ކާމިޔާބުކުރީ ދެވަނަހާފްގެ ފުރަތަމަ މިނިޓުގައި ޖެރޮޑް ބޮވެންއެވެ. މިއީ ޖެނުއަރީގައި ހަލްސިޓީން ވެސްޓަހަމް ބަދަލުވި ކުޅުންތެރިޔާ އެންމެފަހުން ލީގުގައި ވެސްޓަހަމުން ޖެހި 10 ލަނޑުގައި ހިއްސާވެފައެވެ. އެއީ އޭނާޖެހި ފަސްލަނޑާއެކުއެވެ. ރޭގެ މެޗުގައި ވިލާއަށް ވަނީ ނަތީޖާ ހަމަހަމަ ކުރާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. އޮލީ ވަޓްކިންސް ފޮނުވާލި ޕެނެލްޓީ ވަނީ ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ. އެންމެފަހުން ވަޓްކިންސް ޖެހި 6 ޕެނެލްޓީގެ ތެރެއިން 4 ޕެނެލްޓީއެއް ވަނީ ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

މިއީ 2019 ވަނައަހަރުގެ މެއި މަހުގެ ފަހުން ވެސްޓްހަމް އިން ލީގުގައި ވިދިވިދިގެން ހޯދި ތިންވަނަ މޮޅެވެ. އެޓީމުން އެންމެފަހުން ކުޅުނު 8 މެޗުގެ ތެރެއިން ބަލިވެފަވަނީ އެންމެ މެޗަކުންނެވެ. މިއީ އެންމެފަހުން ލީގުގެ ކުރީގައި އުޅޭޓީމާކާ ކުރިތި ފަސްފަހަރުގެ ތެރެއިން އެސްޓަން ވިލާ ބަލިވި ހަތަރުވަނަ ފަހަރުއެވެ.

މި މޮޅާއެކު 10 މެޗުން 17 ޕޮއިންޓް ހޯދައިގެން ވެސްޓްހަމް ވަނީ ފަސްވަނައަށް ކުރިޔަށް ޖެހިލާފައެވެ. ވިލާ އޮތީ 15 ޕޮއިންޓާއެކު 10 ވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *