ރިޔާސީ އިންތިޚާބަށް ޖޭޕީން ދެ ކެމްޕޭން މެނޭޖަރަކު އައްޔަން ކޮށްފި

ރިޔާސީ އިންތިޚާބަށް ޖޭޕީން ދެ ކެމްޕޭން މެނޭޖަރަކު އައްޔަން ކޮށްފި

Author
ހުސެއިން
14 މެއި 2023 02:29
0

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމުހޫރީ ޕާޓީގެ ކެމްޕޭން މެނޭޖަރުންގެ ގޮތުގައި ދެ ބޭފުޅަކު އައްޔަން ކޮށްފިއެވެ.

ރާއްޖެ ދެބަޔަކަށް ބަހާލާ، އެ ޕާޓީގެ ކެމްޕޭން މެނޭޖަރުންގެ ގޮތުގައި ޖޭޕީގެ ލީޑަރ ގާސިމް އިބުރާހިމް ހަމަޖައްސާވާފައިވާ ދެބޭފުޅުންނަކީ އެޕާޓީގެ ޑެޕިއުޓީ ލީޑަރ އަމީން އިބުރާހިމްއާއި ގާސިމްގެ ސްޕެޝަލް އެންވޯއިކަމަށް ދާދިފަހުން އައްޔަން ކުރެއްވި އިލްހާމް އަހުމަދެވެ.

ދެ ކެމްޕޭން މެނޭޖަރުން ހަމަޖެއްސެވުމަށްފަހުފަހު ދެ ބޭފުޅުންގެ މެދުގައި ކެމްޕޭން ކުރުމަށް ގާސިމްވަނީ މާލެވެސް ހަމަޔަށް ބައްސަވާލައްވާފައެވެ. މިގޮތުން މާލޭގެ އެއްބައި ހިމެނޭގޮތުން އަމީން އިބުރާހިމް ބަލަހައްޓަވާގޮތަށް ހަމަޖައްސަވާފައިވަނީ ހއ.ހދ.ށ.ނ.ރ.ބ.ޅ.ކ.އއ އަދި އދ އެވެ.

އިލްހާމް އަހުމަދު ބަލަހައްޓަވާ ގޮތަށް ހަމަޖައްސަވާފައިވަނީ މާލޭގެ އަނެއްބައި ހިމެނޭ ގޮތުން ވ.މ.ފ.ދ.ތ.ލ.ގއ.ގދ.ޏ އަދި އަށްޑޫ އަތޮޅެވެ.

މީގެ އިތުރުން ޖޭޕީގެ ރިޔާސީ ޓިކެޓް ހަވާލުރުންވެސް ގާސިމް ވަނީ މި ދެބޭފުޅުން ބެލުމުގެ ދަށުން ކުރިޔަށް ގެންދިއުމަށް ސެކެޓްރިއޭޓަށް އަންގަވާފައެވެ.

ގާސިމްވަނީ ކެމްޕޭންގެ އެންމެހާ ކަންކަމުގައި މި ދެބޭފުޅުންނަށް އެެއްބާރުން ދިނުމަށް ޕާޓީގެ ލީޑަރޝިޕަޝާއި ކައިންސިލްގެ އިތުރިން ކޮމިޓީތަކަށްވެސް  އަންގަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މިއަދު
ޖޭޕީގެ ލީޑަރުގެ ޗާޓުގައި ކ އަތޮޅު ނުހިމެނެނީކީއްވެބާ ކ އތޮޅު ރައިއްޔަތުން ހިމެނޭގޮތުން ބަޔަކަށް ވިއްކާލީ ނޫންބާ