އަންނަ މަހު އާނޯލްޑްގެ ވާހަކަ ނެޓްފްލިކްސް އަށް

އަންނަ މަހު އާނޯލްޑްގެ ވާހަކަ ނެޓްފްލިކްސް އަށް

Author
ފާތިމަތު ނާވީ
14 މެއި 2023 02:35
0

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އާނޯލްޑް ޝްވެޒްނެގާގެ ހަޔާތް ދައްކުވައިދޭ ޑޮކިއުމަންޓަރީއެއް  އަންނަ މަހު ނެޓްފްލިކްސް އަށް ގެންނަން ނިންމައި އޭގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ މަހުގެ 7 ގައި ނެޓްފްލިކްސް އިން 3 ބަޔަކަށް ގެެނެސްދޭ މި ޑޮކިއުމެންޓް ޕްރިމިއާ ކުރާނެއެވެ. މި ޑޮކިއުމަންޓަރީގެ ނަމަކީ "އާނޯލްޑް" އެވެ.

މީގައި އޭނަގެ އަމިއްލަ ޒާތީ ދިރިއުޅުމުގެ ވާހަކަތަކާއި ފިލްމީ ކެރިއަރުގެ ވާހަކަތައް ވެސް ދައްކުވައި ދޭނެ އެވެ. ވަރުގަދަ ހަށިގަނޑަކާއި އެކުގައި ހޮލީވުޑްގެ ކެރިއަރު ފެށި އަނޯލްޑްއަކީ ކާމިޔާބު އެތަށް ފިލްމްއެއް ކުޅެފައިވާ ކުޅަދާނާ އެކްޓަރެކެވެ.

 

View this post on Instagram

 

A post shared by Netflix US (@netflix)

މި ޑޮކިއުމަންޓުގައި އޭނާގެ ފިލްމީ ކެރިއަރާއި އާންމު ދިރިއުޅުމާއި އަމިއްލަ ޒާތީ އެތަށް ކަމެއް ދައްކުވައިދޭނެވެ. އުމުރުން މިހާރު 75 އަހަރުގެ އާނޯލްޑަކީ އެމެރިކާގެ ކެލިފޯނިއާގެ ގަވަރުނަރުކަން ވެސް ކޮށްފައިވާ މީހެކެވެ. އެއީ 2003-2011 އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.