ރައީސް ޔާމީން މިނިވަން ވެއްޖެނަމަ ޖޭޕީގެ ހުވަފެން ބިލާހަކައްވެނިމޭނެ-ސައުދު

ރައީސް ޔާމީން މިނިވަން ވެއްޖެނަމަ ޖޭޕީގެ ހުވަފެން ބިލާހަކައްވެނިމޭނެ-ސައުދު

Author
އަޒްފާ ރަޝީދު
13 މެއި 2023 10:59
0
ރައީސް ޔާމީން މިނިވަން ވެއްޖެނަމަ ޖޭޕީގެ ހުވަފެން ބިލާހަކައްވެ ނިމޭނެކަމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ކުރީގެ މެމްބަރު ސައުދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.
ސައުދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން މިނިވަން ވެއްޖެ ނަމަ، ޖުމްހޫރީ ޕާޓީގެ ހުވަފެންތައް ބިލާހަކަށްވެ ނިމޭނެކަމަށާއި، އެ ޕާޓީއިން ވެރިކަން ހޯދުމަށް ކުރަމުން އަންނަ އިންތިޒާރުތަކަށްވެސް ނިމުން އައިސް ޖޭޕީއަށް ގޮތް ހުސްވާނެކަމަށެވެ.
މީގް އިތުރުން ޕީޕީއެމް އިން ކެންޑިޑޭޓަކު ނުނިކުންނާނެކަމަށް ހިސާބު ޖައްސަވައިގެން ޖޭޕީއިން ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން އަންނަކަމަށް ސައުދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އަދި ޖުމްހޫރީ ޕާޓީގެ އެތެރޭގައި މައްސަލަތަކެއް އެބަހުރިކަމަށާއި ޕާޓީ އޮތީ ވާނުވާގައިކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދުﷲ އަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރައްވައި ޖޭޕީން ވަކިވެ އެމްޑީޕީއާ ގުޅިފައިވާ މެމްބަރެކެވެ. ސައުދު އަންނަނީ ޖޭޕީއާއި ނަޝީދުގެ ފިކުރެއްގެ ދިރުމަށް ފާޑުވިދާޅުވެ ދޭތެރެދޭތެރެއިން ވަހަކަދައްކަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.