ލީގުގެއި ރަށުންބޭރުގައި ފުލަމްގެ ފުރަތަމަ މޮޅު

ލީގުގެއި ރަށުންބޭރުގައި ފުލަމްގެ ފުރަތަމަ މޮޅު

ގުޅުންހުރި

އިނގިރޭސި ލީގުގައި ރޭ ފުލަމް މޮޅުވެ ރެލިގޭޝަނާ ދުރައްޖެހިލައިފައެވެ.

ރަށުން ބޭރުގައި ލެސްޓަރ ސިޓީއާ ވަދާކޮށް ފުލަމް މެޗު ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި 8 މިނިޓުގެ ތެރޭގައި ފުލަމްއިން ދެލަނޑު ޖެހިއިރު ލެސްޓަ ސިޓީން ލަނޑު ޖެހީ މެޗުގެ ދެވަނަ ހާފްގައިއެވެ. މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަހާފްގެ 30 މިނިޓުގައި ފުލަމް އަށް ކާމިޔަބުކޮއްދިނީ އަޑެމޯލާ ލޫކްމޭންއެވެ. މެޗުގެ 38 ވަނަމިނިޓުގައި ލިބުނު ޕެނެލްޓީއަކުން ފުލަމްގެ އިވާން ކަވަލިއެރޯ ލީޑް އިތުރަށް ފުޅާކޮއްދިނެވެ.

މެޗުގެ ލެސްޓަ ސިޓީ ލަނޑު ޖެހި މެޗު ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ހާވިޔޭ ބާންސްއެވެ. އެންމެފަހުން ލީގުގެ ކުޅުނު 10 މެޗުގައި ބާންސް ވަނީ ހަތަރު ލަނޑުޖެހުމުގައި ހިއްސާވެފައެވެ. ރޭގައި ފުލަމް އިން ލިބުނު ޕެނެލްޓީން ލީޑް ފުޅާކުރިއިރު އެޓީމުން އެންމެފަހުން ލީގުގައި ޖެހި 8 ޕެނެލްޓީ ވެސް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

މިއީ 2013 ވަނަ އަހަރުފަހުން ފުލަމްއިން ލީގުގައި ގަދަ ހަތަރެއްގެ ތެރޭގައި އޮތް ޓީމެއްގެ އަތުން މޮޅެއް ހޯދި ފުރަތަމަ ފަހަރުއެވެ. ލީގުގައި އެންމެފަހުން އަމިއްލަ ދަނޑުގައި ކުޅުނު ތިންމެޗުން ލެސްޓަރ ސިޓީ ވަނީ ބަލިވެފައެވެ. އެންމެފަހުން ލީގުގައި މިދެޓީމު ވާދަކުރި 7 މެޗުގެ ތެރެއިން ފުލަމް ބަލިވެފަ ވަނީ އެންމެ މެޗަކުންނެވެ.

މިއީ 2014 ވަނައަހަރު ފަހުން ލެސްޓާ ސިޓީން ރެލިގޭޝަން ޒޯނުގައި އޮތް ޓީމެއްގެ އަތުން ބަލިވި ފުރަތަމަ ފަހަރުއެވެ. މިއީ ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ކޯޗުކަށް ހުރެ ޓީމެއްގެ އަތުން ފުލަމް މޮޅުވި ފުރަތަމަފަހަރުއެވެ. މި މޮޅާއެކު ފުލަމް ވަނީ 7 ޕޮއިންޓާއެކު ރެލިގޭޝަން ޒޯނާ އެއްޕޮއިންޓް ފެޔައަށް ޖެހިލާފައެވެ. ލެސްޓަރ ސިޓީ ހަތަރުވަނައިގަ އޮތީ 18 ޕޮއިންޓާއެކުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *