އެމްބީއޭ އިންތިހާބުގައި ވޯޓްލުމުގެ ހައްގު 23 ކުލަބަކަށް

އެމްބީއޭ އިންތިހާބުގައި ވޯޓްލުމުގެ ހައްގު 23 ކުލަބަކަށް

ގުޅުންހުރި

އަންނަ މަހު 12 ވަނަ ދުވަހު އޮންނަ ބާސްކެޓް އެސޯސިއޭޝަނުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފަވަނީ 23 ކުލަބަކަށްކަމަށް އެ އެސޯސިއޭޝަނުން ހާމަކޮއްފިއެވެ.

އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގުލިބިފައިވާ ފުރިހަމަ މެންބަރު ކުލަބު/ ޖަމުޢިއްޔާތައް ތަމްސީލުކުރާ މަންދޫބުން ރަޖިސްޓާ ކުރުމަށް ހުށަހަޅާ ޕްރޮކްސީ ފޯމާއި، އިންތިޚާބުގައި ހޮވާ މަގާމުތަކަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު ޑިސެމްބަރު މަހުގެ އެކަކުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 ށް އެ އެސޯސިއޭޝަނުން ލިބެން ހުންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެމްބީއޭއިން ނެރުނު ބަޔާނެއްގައި ބުނީ އެ އެސޯސިއޭޝަނުގެ ކުރިއަށް އޮތް ދައުރުގެ ހިންގާ ކޮމިޓީ އިންތިޚާބުކުރުމަށްޓަކައި އާންމު ޖަލްސާއެއް ޑިސެމްބަރު މަހުގެ 12 ވާ ހޮނިހިރު ދުވަހުގެ ހަވީރު 05:00 ގައި ސޮލައިޓް ރެސްޓޯރަންޓުގެ ނުވަވަނަ ފަންގިފިލާގެ އިންޑޯ ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި އިންތިޚާބުގައި ވާދަނުކުރައްވަން އެ އެސޯސިއޭޝަނުގެ މިހާރުގެ ރައީސް އަޙްމަދު މަމްދޫހު ވަނީ ނިންމަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *