ސެމީގައި މިލާން ޑާބީ، ދެލެގުވެސް އެއް ދަނޑެއްގައި

ސެމީގައި މިލާން ޑާބީ، ދެލެގުވެސް އެއް ދަނޑެއްގައި

Author
މުޙައްމަދު ޝަޒައިމް
10 މެއި 2023 11:39
0

ލާނުގެ އެންމެ ވާދަވެރި ދެ ޓީމު ކަމަށްވާ އޭސީ މިލާނާއި އިންޓަ މިލާން، ސެން ސީރޯ ސްޓޭޑިއަމްގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ކުޅެން ތައްޔާރު ވެއްޖެއެވެ.

ސެމީގެ ދެ ލެގު ވެސް ކުޅޭނީ ސެން ސީރޯ ސްޓޭޑިއަމްގައެވެ. ފުރަތަމަ ލެގު މެޗު ހޯސްޓު ކުރާނީ މިލާނެވެ. މިލާނަކީ ހަތް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ޓީމެކެވެ. އިންޓަ ވަނީ ތިން ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ޑޮމެސްޓިކް ފުޓްބޯޅައިގައި އިޓަލީގެ އެންމެ ވާދަވެރިކަން ބޮޑު ދެ ޓީމަކީ މިލާނާއި އިންޓައެވެ.

އިޓާލިއަން ލީގުގެ ޗެމްޕިއަންކަން މިދިޔަ ސީޒަންގައި މިލާން ހޯދީ 11 އަހަރަށް ފަހުއެވެ. މި ސީޒަންގެ ލީގު ތާވަލްގައި އެޓީމު އަދި އޮތީ ފަސްވަނައިގައެވެ. އިންޓަ އޮތީ ދެ ޕޮއިންޓުގެ ލީޑަކާއެކު ހަތަރުވަނައިގައެވެ. ދެ ޓީމުން ވެސް އަންނަނީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދަން ވެސް އުނދަގޫ ދަތުރެއް ކުރަމުންނެވެ.

ޗެމްޕިއަންސް ލީގުގައި މި ދެޓީމް ވަނީ މީގެ ކުރިން ޗެމްިއަންސް ލީގުގައި ހަތަރު ފަހަރު ވާދަ ކޮށްފައެވެ. އެންމެ ފުރަތަމަ 2003 ވަނަ އަހަރު ވާދަ ކުރީ ވެސް ސެމީ ފައިނަލްގަ އެވެ. އެ ފަހަރު އެގްރިގޭޓް 1-1 އިން އެއްވަރުވެ، އަވޭ ގޯލު އުސޫލުން ކުރި ލިބުނީ މިލާނަށެވެ. އަދި 2005 ގައި މިލާނުން ވަނީ 5-0 ގެ އެގްރިގޭޓް ނަތީޖާއަކުން ކުއާޓާ ފައިނަލް ކާމިޔާބު ކޮށްފައެވެ.

އޭސީ މިލާނާއި އިންޓަ މިލާން ބައްދަލުކުރާ ސެމީ ފައިނަލްގެ ފުރަތަމަ ލެގު ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާ އިރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.