ޓްރަމްޕް އަނަހެނަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ސާބިތު ވެއްޖެ

ޓްރަމްޕް އަނަހެނަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ސާބިތު ވެއްޖެ

Author
ހުސެއިން
10 މެއި 2023 08:42
0

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމަޕް އެމެރިކާގެ އަންހެނެއް ކަމުގައިވާ އީ.ޖީން ކެރޮލްއަށް ޖިންސީ ފުރައްސާރަ ކުރިކަން ސާބިތުވާކަމަށް އެމެރިކާގެ މެންހަޓަން ފެޑެރަލް ކޯޓުން ނިންމައިފިއެވެ.

ޖީން ކެރޮލްއަށް ޓްރަމްޕަށް ޖިންސީ ފުރައްސާރަ ކޮށްފައިވާކަމަށް ބުނެ އޭނާ ކުރި ދައުވާގައި ބުނެފައިވަނީ 1996 ވަނަ އަހަރު ޓްރަމް އޭނާއާއި ގަދަކަމުން ޖިންސީ ގުޅުން ހިންގާފައިވަނީ އެމެރިކާގެ ލަގްޒަރީ އެޕާޓްމަންޓް ސްޓޯރެއްގެ ޗޭންޖިން ރޫމަށް ވައްދައިގެން ކަމުގައެވެ.

ކޯޓުން އިއްވި ހުކުމުގައި ވަނީ ޖީން ކެރޮލްގެ އަބުރަށް ލިބުނު ގެއްލުމާއި އަދި ޓްރަމްޕްގެ މި އަމަލުގެ ސަބަބުން އޭނާއަށް ކުރިމަތިލާންޖެހުނު ޖިސްމާނީ ގެއްލުމުގެ ބަދަލެއްގެ ގޮތުން ޓްރަމްޕް ޖީން ކެރޮލްއަށް 5 މިލިޑޮލަރުވެސް ދޭން ޖެހޭނެ ކަމުގައެވެ.

ޖީން ކެރޮލް ޓްރަމްޕްގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވަނީ، ޓްރަމްޕް އޭނާ ރޭޕް ކޮށްފައިވަނީ ބާރގްޑޯފް ގުޑްމަން ޑިޕާޓްމަންޓް ސްޓޯރުގައި ކަމަށެވެ. އަދި ފަހުން ޓްރަމްޕް އޭނާއަށް ޖިންސީ ފުރައްސާރަކުރިކަމަށް ދެކޮޅު ހެދުމުގެ ސަބަބުން އޭނާގެ އަބުރަށްވެސް ގެއްލުން ވެފައިވާކަމަށް މި ދައުވާގައި ބުނެފައި ވެއެވެ.

މި ހުކުމަށްފަހު ޖީން ކެރޮލް ބުނެފައިވަނީ ހުކުމަކީ އޭނާއަށާއި މިފަދަ ކުށްތަކުގެ ޝިކާރައަކަށް ވެފައިވާ އެތައްބަޔަކަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް ކަމުގައެވެ.

މިމައްސަލާއިގެ ގާޒީ އިއްވި ހުކުމުގައި ބުނެފައިވަނީ، ޓްރަމްޕް ޖީން ކެރޮލްއަށް ޖިންސީ ފުރައްސާރަ ކޮށްފައިވާކަމާއި އަދި އޭގެ ސަބަބުން އޭނާއަށް ޖިސްމާނީގޮތުން އަނިޔާވެފައިވާކަން ސާބިތު ކޮށްދެވިފައިވި ނަމަވެސް، ޓްރަމް އޭނާ ރޭޕްކުރިކަން ކޯޓުގައި ސާބިތު ކޮށްދެވިފައި ނުވާކަމުގައެވެ.

ޓްރަމްޕް ވިދާޅުވެފައިވަނީ މިއީ "ލަދުވެތި ތާކުންތާކު ނުޖެހޭ" ހުކުމެއް ކަމުގައެވެ. މި ޝަރީއަތް ކުރިޔަށް ދިޔައިރު ޓަރަމްޕްވަނީ ޝަރީއަތުގައި އޭނާގެ ދިފާއުގައި ވާހަކަ ދެއްކުމަށްވެސް އަދި ހެކި ހުށަހެޅުމަށްވެސް ދެކޮޅު ހައްދަވާފައެވެ.

އެމެރިކާގައި ކުރިޔަށްދާ އެހެން މަދަނީ މައްސަލަތަކެކޭ އެއްގޮތަށް މިމައްސަލާގައި ޓްރަމްޕަށްވެސް ކޯޓަށްދިއުމަށް ލާޒިމެއް ނޫނެވެ. އަދި އަމިއްލަ ދިފާއުގައި ވާހަކަ ނުދެއްކުމުގެ އިޚްތިޔާރުވެސް ޓްރަމްޕަށް އޮތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.