މިދިޔަ ދެ ސީޒަނަށްވުރެ މި ސީޒަން ވާދަވެރި ވާނެ: ނިޒާމް

މިދިޔަ ދެ ސީޒަނަށްވުރެ މި ސީޒަން ވާދަވެރި ވާނެ: ނިޒާމް

Author
އިބްރާހީމް ސާޢިދު
01 ޑިސެމްބަރ 2020 09:42
0

މިދިޔަ ދެ ސީޒަނަށްވުރެ އަންނަ މަހުފެށޭ ފުޓްބޯޅަ ސީޒަން ވާދަވެރިކަން ބޮޑުވާނެ ކަމަށް މާޒިޔާގެ ކޯޗު މުހަންމަދު ނިޒާމް ބުނެފިއެވެ.

އެފްއޭއެމްގެ ލެޓްސް ޓޯކް ފުޓްބޯޅަ ޝޯ އަށް ދިން އިންޓަވިއުއެއްގައި ނިޒާމް ބުނީ ޕްރީ ސީޒަނުގެ ހުރިހާ ކަމެއްވެސް ދަނީ ރަނގަޅަށް ކަމަށާއި، ހަމައެކަނި ކަންބޮޑުވުމަކީ މި ހާލަތުގެ ގޮތުން ޓީމު އެއްކޮށް ކޭމްޕް ކުރާނެ ފުރުސަތެއް ނުލިބުނު ކަމަށެވެ. ނިޒާމް ބުނީ އޭއެފްސީ މެޗުތަކަށް ތައްޔާރުވާން ފެށިއިރު ކުޅުންތެރިންގެ ފިޓްނެސް ލެވެލް ހުރީ ކަންބޮޑުވާ ހިސާބެއްގައި ކަމަށެވެ.

އޭރު މެދުކަނޑާލީ ކުޅުންތެރިންނަށް ޕްލޭންތަކެއް ދިނުމަށް ފަހުގައި ކަމަށާއި، އަނބުރާ އައިއިރު ކުޅުންތެރިން ތިބި ހާލަތު ރަނގަޅު ކަމަށް ނިޒާމް ވަނީ ބުނެފައެވެ. ނިޒާމް ބުނީ އެހެން ފަހަރުތަކަށް ވުރެ ކުރިއަށް އޮތް ސީޒަންގައި ވާދަވެރިކަން ބޮޑުވާނެ ކަމަށެވެ.

މިދިޔަ ދެ ސީޒަނަށް ވުރެ މި ސީޒަން ވާދަވެރިވާނެ. ވާދަވެރި ޓީމުތަކެއް ފެނިގެންދާނެ. އެއީ ކުޅުންތެރިން ބެހިފައި އޮތްގޮތަށް ބަލާއިރު ތަންކޮޅެއް ފޯރިގަދަ މެޗުތަކެއް ފެނިގެންދާނެކަމަށް ގަބޫލުކުރަނީ، ބާކީ މިއޮތް ދުވަސްތަކުގައި ޓީމުގެ ކުޅުމަށް ގެންނަންޖެހޭ ވައްޓަފާޅިއަށް ބޮޑަށް މަސައްކަތް ކުރަންޖެހޭނީ.

– ނިޒާމް ބުނެފައިވެއެވެ.

އެފްއޭ ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފަށާއިރު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.