ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ވީހާވެސް ގިނަ ބަޔަކު ޖޭޕީއާއި ގުޅުމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ދަޢުވަތު ދެއްވައިފިއެވެ.
ރިޔާސީ އިންތިހާބުގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކު ވާދަކުރުމަށާއި އެ ޕާޓީ އިސްވެ އޮވެ، ކޯލިޝަން ހެދުމަށް އެންމެ ފުރަތަމަ ފާސް ކުރީ ޖޭޕީގެ ހަތަރު ވަނަ ގައުމީ ކޮންފަރެންސްގައެވެ. އޭގެ ފަހުން، ޕާޓީގެ ކައުންސިލުން ވެސް ވަނީ އެއަށް ބާރުދީ އިންތިހާބަށް ނުކުންނަން ފާސްކޮށްފައެވެ. ޖޭޕީން ނިންމާފައިވަނީ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ޓިކެޓްގައި ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވާދަ ކުރެއްވުމަށެވެ.
ޖޭޕީން ރިޔާސީ އިންތިޚާބަށް ވަމުނދާ ތައްޔާރީތަކާއި ކުރަމުންދާ މަސައްކަތުގައި މިއަދު ވަނީ ގިނަ ބަޔަކު އެޕާޓީއާއި ގުޅިފައެވެ. އެގޮތުން ޤާސިމް އުފަން ރަށް އދ.،ާމިގިލިނން މިއަދު ވަނީ 72 މީހަކު ޖޭޕީއާއި ގުޅިފައެވެ. ޤާސިމް ވަނީ އެންމެންނަށް މަރުހަބާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިިޔާބު ކޮށްދެއްވުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.
ހަމަ މިއާއިއެކު ޤާސިމް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ޖުމްހޫރީ ޕާޓީއަށް ކާމިޔާބު ކުރުމަށްޓަކަިއ ވީހާވެސް ގިނަ ރައްޔިތުން އެޕާޓީއާއި ގުޅުމަށް ދައުވަތު ދެއްވާފައެވެ.
އދ.މާމިގިލިން މިއަދު ޖޭޕީއާއި ގުޅިވަޑައިގެންނެވި 72 މީހުންނަށް މަރުހަބާ ދަންނަވަން. ރާއްޖޭގެ އެކި ކަންކޮޅުތަކުން ވީހާވެސް ގިނަ ބަޔަކު ޖުމްްހޫރީ ޕާޓީއާއި ގުޅިވަޑައިގެން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް އަޅުގަނޑާއި ބައިވެވަޑައިގަތުމަށް ދައުވަތު އަރުވަން.
– ޤާސިމް ވިދާޅުވިއެވެ.
Adh.Maamigili in miadhu JP aai gulhivadaigennevi 72 membarunah maruhabaa dhanavan. Raajjeyge eki kan kolhu thakun Veehaaves gina bayaku @JPSecretariat ah gulhi vadaigen #2023 kaaamiyaaabu kurumugai Alhugandaai baiveri ve vadaigathumah dhauwathu aruwameve. pic.twitter.com/2kVxPg0vPD
— Qasim Ibrahim (@qasimibrahim) May 7, 2023
ޤާސިމް ވަނީ މިއަދު ޖޭޕީއާއި ގުޅުނު ޤައުމީ ޓީމުގެ ކުރީގެ ގޯލްކީއްޕަރު އަސްލަމާއި އޭނާގެ އާއިލާއަށްވެސް ޝުކުރު އަދާކުރައްވާފައެވެ. ޖޭޕީން އަންނަ ރިޔާސީ އިންތިހާބުގެ ރޭހަށް ނުކުންނަ އިރު، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ މެދު މިހާތަނަށް ރަސްމީކޮށް އެއްބަސްވެވިފައި ވަނީ ނަޝީދުގެ ފަޅިން އެކަންޏެވެ.
Alhugandaaai eku #2023 Riyaasee Inthikhaaabu JP ah kaamiyaaabu kurumah edhi, Ikhlaastheri kamaa eku Campaign massakaiy kurumuge niyathugai Miadhu @JPSecretariat ah gulhi vadaigennevi Gaumee Football Team ge Kureege Goalkeeper Aslam Abdul Raheem @aslam27noani aai Aslam ge… pic.twitter.com/iLOmvDdftS
— Qasim Ibrahim (@qasimibrahim) May 7, 2023
ޖޭޕީއާ އެކުގައި ކޯލިޝަން ހެދުމަށް ސިޔާސީ ބައެއް ޕާޓީތަކަށް ދައުވަތު ދެއްވި ނަމަވެސް، ގިނަ ޕާޓީތަކުން ވަނީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖޭޕީގެ ފަހަތަށް ނާރާނެ ކަމަށް ބުނެފައެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް އިން މިކަމުގައި އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ގާސިމްގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޕީޕީއެމްއިން ރައީސް ޔާމީނާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިނެވެ.
ޖޭޕީގެ ލީޑަޝިޕްގެ ބޭފުޅުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި މިފަހަރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެންމެ ފަހި ފުރުސަތެއް އޮތީ ގާސިމަށެވެ.
One Response
މިގައުމުގެ ހުރިހާ ޕާރޓީ، ޖަމިއްޔާ، އަދި ޖަމާއަތް ތަކަށްވެސް އާދޭސްކޮށް ސިޓީ ފޮނުވައިގެންވެސް ބައިވެރި ނުވެގެން އުޅެނީ އެންމެނަށްވެސް އެނގޭ އޭރުން ދިވެހިން ގެ ހުރިހާ ވިޔަފާރި އެއްގައި ވިލާ ބޯރޑް އެޅުވޭނެކަން! އަދި މަނިކުފާނަކީ މިހާރުވެސް ރާއްޖޭގައި އެންމެ ގިނައިން ބަނގުޜާ ވިއްކަވާ އަދި ސްޕާ ހިންގަވާ ބޭފުޅާކަމުން އެ ވިޔަފާރި އިތުރަށް ފުޅާވެގެން ދާނެކަންވެސް!