ވިކީ ކޯޝަލް އާއި ސާރާ އަލީ ޚާން ލީޑް ރޯލުން ފެނިގެންދާ ފިލްމަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. މި ދެތަރިން އެކުގައި ފުރަތަމަ ފަހަރަށް ފެނިގެންދާނީ ލަކްޝްމަން އުޓޭކަރްގެ ކުރިއަށް އޮތް ޕްރޮޖެކްޓުންނެވެ.
ވިކީ ކޯޝަލް އާއި ސާރާ އަލީ ޚާން ލީޑް ރޯލުން ފެނިގެންދާ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހު އެވެ. މިދިޔަ އަހަރު ޝޫޓީން ނިންމާފައި އޮތް މި ފިލްމަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ޕްރޮޑިއުސް ކޯށްފައިވާ ފިލްމްއެކެވެ. ފިލްމް ގެ ނަމަކީ "ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ" އެވެ.
ނަމަވެސް ބައެއް ރިޕޯޓްތަށް ބުނާގޮތުގައި "ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ" 2019 ގައި ގެނެސްދިން "ލުކާ ޗުއްޕީ" އާ ގުޅުވައިގެން "ލުކާ ޗުއްޕީ 2″ އަށް ބަދަލުކުރަން އޮތީ ނިންމައިފަ އެވެ. އެހެން ކަމުން މި ފިލްމްގެ ސީދާ ނަން މިހާތަނަށްވެސް އޮތީ އަދި ރަސްމީކޮން އިއުލާން ނުކޮށެވެ.
2019 ވަނަ އަހަރު ގެނެސްދިން "ލުކާ ޗުއްޕީ" އަކީ ކާތިކް އާރިއަނާއި ކްރިތީ ސެނަން ފެނިގެންދިއަ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އަދި ބޮކްސް އޮފީހުގައިވެސް ބޮޑު ކާމިޔާބެއް ހޯދި ފިލްމްއެކެވެ.