ކިނޮޅަހު ރައްޔިތުންގެ ބޭނުންވިފަދަ ޖާގަބޮޑު ބަނދަރުގެ މަސައްކަތް ނިމިއްޖެ

ކިނޮޅަހު ރައްޔިތުންގެ ބޭނުންވިފަދަ ޖާގަބޮޑު ބަނދަރުގެ މަސައްކަތް ނިމިއްޖެ

Author
މުޙައްމަދު ޝަޒައިމް
07 މެއި 2023 04:01
0

ރ.ކިނޮޅަސް ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.

ކިނޮޅަހުގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 31,726 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކޮށް، 15,252 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި ހާބަރ ބޭސިން ފުންކޮށް، 1,920 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކޮށް، 6,100 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަޙައްދު ފުންކޮށް 186 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ވަނީ ލާފައި ކަމަށް އެމްޓީސީސީން ބުންޏެވެ.

މީގެއިތުރުން އެމްޓީސީސީން ބުނީ، މަޝްރޫއުގެ ދަށުން 172.30 މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި އެއްގަމުތޮށި މަރާމާތުކޮށް، 285 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލައި، 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި، 130 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖަހައި، 1,884 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހަދައި، ކޮންކްރީޓް ޖެޓީއެއް ހަދައި، ބީކަން ހަރުކޮށް، މޫރިންގ ބްލޮކްސް ހަރުކުރުމުގެ އިތުރުން ރޭމްޕެއްވެސް ވަނީ ހަދާފައި ކަމަށެވެ.

ޖުމްލަ 678 މީހުންގެ އާބާދީއެއް އޮންނަ ކިނޮޅަސް ބަނދަރުގެ މަސައްކަތް ނިމުމާއެކު ރަށުގެ ރައްޔިތުންނަށް މިވަނީ ކުރިޔަށްވުރެ ޖާގަ ތަނަވަސް ޒަމާނީ ރީތި ބަނދަރެއް ލިބިފައެވެ. އަދި ބަނދަރާއި އިންވެގެން އޮންނަ ދެ ފަރާތުގެ ގޮނޑުދޮށް ސަރަހައްދުގައި މިހާރު ގްރޮއިންސް ޖެހިފައިވުމާއެކ،ު ކުރިން ބަނދަރަށް ވެލި ވަނުމުގެ ސަބަބުން ދިމާވި މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ.

އައު ބަނދަރާއެކު ކިނޮޅަހު ރައްޔިތުންނަށް ލަފާފުރުމުގައި އެތައް ލުއިފަސޭހައަކާއ،ި ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމަށާއި، އަދި ބާރުބޮޑުވެފައިވާ ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބ،ި ކޮޅުވެއްޓި ފަދަ އުޅަނދުތައްވެސް ކައިރިކުރެވޭނެ ފަދަ ރޭމްޕެއް ބަނދަރަށް އިތުރުވުމާއެކު، އުޅަނދުފަހަރަށް ފަސޭހައިން ގާތްކޮށް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް މިހާރު ކިނަޅޮހުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއަށް 46.55 މިލިއަން ރުފިޔާ ހަރަދުވި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.