ޕާކިސްތާންގެ ހަމަނުޖެހުން ބޮޑު ސަރަހައްދެއް ކަމަށްވާ ހުޅަނު އުތުރުގެ ސަރަހައްދެއްގައި ހުރި ސްކޫލަކަށް ބަޑި ހިފައިގެން ތިބި ބަޔަކު ވަދެ ދިން ހަމަލާއެއްގައި ގިނަ އަދަދެއްގެ ޓީޗަރުން މަރުވެއްޖެއެވެ.
އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި މި ސްކޫލުގައި ދިން އެހެން ހަމަލާއެއްގައި އިތުރު ޓީޗަރަކވަނީު މަރުވެފައެވެ.
މި ހާދިސާ ހިނގާފައިވަނީ އަފްއާނިސްތާންގެ ބޯޑަރާއި އިންވެގެން ޕާކިސްތާންގެ ހުޅަގު އުތުރުން ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިސްގެ ޑިސްޓްރިކްޓެއް ކަމަށްވާ ކުރަމް ގައެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސަރުކާރުގެ މި ސްކޫލަށް ބަޑި ހިފައިގެންތިބި ބަޔަކު ވަދެ ހަމަލާ ދީފައިވަނީ ސްކޫލިގެ ދަރިވަރުން އެގްޒާމް ހަދަން ތިއްބައެވެ.
މި ހަމަލާގައި މަރުވެފައިވާ 7 ޓީޗަރުންނަކީވެސް ޕާކިސްތާންގެ ބައިމަދު ޝިއައީ މަޒުހަބަށް ނިސްބަތްވާ މީހުންނެވެ. ޕާކިސްތާންގައި ބައިމަދު ޝީއައީންނަށް އަމާޒުކޮށް ހަމަލާ ދިނުމަކީ އާންމު ކަމެކެވެ.
މި ހަމަލާއަށްފަހު، މި ސަރަހައްދުގެ ސްކޫލްތަކުގައި ހިނގަމުންދާ އެގްޒަމިނޭޝަންތައް ސަރަހައްދީ ސަރުކާރުންވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ.
ޕާކިސްތާންގެ ޚާރިޖީ ވަޒީރު ބިލާވާލް ބުއްޓޫ ޒަރުދާރީއާއި އެގައުމުގެ ރައީސް އާރިފް އަލްވީނަވީ މިހަމަލާ ކުއްވެރިކޮށްފައެވެ.
މި ހާދިސާ ހިނގި ޓްރައިބަލް ޑިސްޓްރިކްޓްއަކީ މައިގަޑު ގޮތެއްގައި ޝިއާއިންނަށް ނިސްބަތްވާ މީހުން ދިރިއުޅޭ ސަރަހައްދެކެވެ. އަދި މި ސަރަހައްދުގެ ޝީއައީންގެ އާބާދީއަށް މިފަދަ ހަަލާތައް އަމާޒު ކުރުމަކީވެސް އާންމު ކަމެކެވެ.
ކޮމެންޓު ފޮނުވާ