އާސަހަރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް ސަހަރާގެ މިސްކިތުގައި އަންހެނުންނަށް ނަމާދުކުރެވޭ ބައި ބޮޑުކުރަން މާލެ ސިޓީ ކައުންސިލްއިން ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އާ ސަަހަރާއަކީ މިހާރު ވަރަށް ބޮޑަށް ތޮއްޖެހިފައި އޮތް ތަނެއް ކަމަށާއި އެތަނުގައި ހިދުމަތްތައް ދިނުމަށް ދަތިވެފައިވާކަމަށެވެ.
ޚާއްސަކޮށް އަންހެން ބޭފުޅުންނަށް ނަމާދު ކުރަން އޮންނަ ޖާގަ ވަރަށް ކުޑަކަން މޭޔަރު ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން އަންހެން ބޭފުޅުންނަށް ޚާއްސަކޮށް ވުލޫ ކުރާނެ ބަރިއެއްވެސް ހަދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ސަރަހާއަށް އަންނަ ފަރާތްތަކުން މަޑުކޮށްލައިގެން ތިބޭނެ ޖާގަ ނެތްކަމަށާއި، ސަރަހާއަށް ގެނެވޭ ބަދަލްތަކުގައި ސަރަހާއަށް އަންނަ ފަރާތްތަކުން މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން ލައުންޖް އޭސީކޮށް ހަދާފައި ސޯފާ ސީޓިންގައި ތަންކޮޅެއް ފަސޭހައިން ތިބެވޭނެ ބޮޑު ވެއިޓިން ލައުންޖްއެއް ހެދުމަށް ކައުންސިލްއިން ވަނީ ނިންމާފަކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި އޭގެ އިތުރަށް ތަންކޮޅެއް ކުދި ކުދި ކޮޓަރިގޮތަށް ކުދި ގްރޫޕްތަކަށް ކުދި އާއިލާތަކަށް ނޫނިއްޔާމު ކުޑަ ގްރޫޕްތަކަށް ވެސް ވަކިން ބޭނުންކޮށްލެވޭ ގޮތަށް ޕްރައިވަސީ ލިބޭ ގޮތަށް ދެތިން ވެއިޓިން ރޫމްވެސް ހެދުމަށް ކައުންސިލްއިން ވަނީ ނިންމާފަކަމަށް މޭޔަރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ