ޗާގޮސްއަކީ ރައްޖޭގެ ބައެއްކަމަށް ދައުވާ ކުރެއްވިކަން ތާރީޚީ ގޮތުން އެގެން އޮތީ، ދީން ދޫކުރައްވާ އިންޑިއާގެ ގޯވާއަށް ހިޖުރަ ކުރެއްވި 9 ވަނަ ހަސަން ރަސްގެފާނު އެކަނިކަމަށާއި، އެއީ ސައްހަ ދައުވާއަކަށް ނުވާންވީ އެއްވެސް ސަބަބެެއް ނެތްކަމަށް ކުރީގެ ބަންޑާރަނައިބު ޑރ.މުނައްވަރު ވިދާޅުވެއްޖެއެވެ.
ޑރ. މުނައްވަރު މިހެން ވިދާޅުވީ، ޗާގޮސްއަކީ މޮރިޝަސްގެ ބައެއްކަމަށް ބައިނަލްއަގުވާމީ ގޮތުން ކަނޑައެޅިގެން ދިއުމާއި ގުޅިގެން، އިޓްލޮސްއިން ނިންމި ނިންމުމަށްފަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ގޮސްފައިވާކަމަށް ވިދާޅުވެ ސިޔާސީ ޕާޓީތަކުންނާއި ކުރީގެ ވަޒީރުންތަކެއް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
9 ވަނަ ހަސަން ރަސްގެފާނަކީ އިސްލާމް ދީން ދޫކުރައްވާ އިންޑިއާގެ ގޯވާއަށް ގޮސް އެތަނުގައި ހުންނަވައިގެން ރާއްޖެ ކުރިސްޓިއަން ދީނަށް އަބުރާލެއްވުމަށް މަސައްކަތް ކުރެއްވި ރަސްކަލެއްކަން ތާރީޚީގޮތުން އެގެން އޮވެއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުނައްވަރު ވިދާޅުވީ، މި ރާއްޖެއަކީ ވަރަށް ގަދީމީ ދައުލަތެއް އޮތް ތަނެއް ކަމުގައެވެ.
މިހާރު ވާގޮތަކީ އަޅުގަޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވެއްޖެއްޔާ ޗާގޮސް.. ދައުވާކުރުމަކީ ކޮބައިކަމެއް އަޅުގަޑަކަށް ނޭގޭ. ސަބަބަކީ އަޅުގަޑަށް ލިޔެކިޔުމުން ފެންނަނީ 9 ވަނަ ހަސަން ރަސްގެފާނު ފަރަންސޭސި ކޮންމެވެސް ފަރާތަކަށް ފޮނުވާފަ އޮންނަ ސިޓީފުޅެއް. އޭގެ އޮންނަ ގޮތުން ވެއްޖެއްޔާ އޭނައަކީ މި ޖަޒީރާތައް ހިމެނޭގޮތުން މި ހިސާބުގަޑުގެ ޖަޒީރާތަކުގެ ރަސްގެފާނު. ދެން އެއީ ކްލެއިމްއަކަށް ނުވާކަމަށް ވެއްޖެއްޔާ ދެން ކޮން އެއްޗެއްބާވައޭ އަޅުގަޑު ހިތައް އަރަނީ ކްލެއިމްއަކަށް ވާނީ. އެއީ އަޅުގަޑަށް ސަފީޝަންޓް (ފުރިހަމަ) ކްލެއިމްއެއް، އެ ސިޓީއަކީ ހަގީގަތަކަށް ވެފަ، އެސިޓީއަކީ ފަރަންސޭސިންނާ ހަމައަށް ގޮސްފަ އޮތް ސިޓީއެއް ކަމަށް ވެއްޖެއްޔާ ހަމަ އެކަށީގެންވާ ރަގަޅު ކްލެއިމެއް އެއޮތީ ކުރެވިފަ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ އޭގެ ފަހުން އެއްވެސް ތަނަކުން ސިޓީ ފޮނުވައިގެން އެއީ ރާއްޖޭގެ ތަނެއްކަމަށް ދައުވާ ކޮށްފަ އޮތްކަމެއް އެގޭކަށް ނެތްކަމުގައެވެ.
މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކުރު ވިދާޅުވީ، ޗާގޮސްއަކީ މޮރިޝަސްގެ ބައެއްކަމަށް އެންމެ ފުރަތަމަ ރާއްޖެއިން އެއްބަސްވެފައިވަނީ ނަޝީދުގެ ވެރިމަކަމުގައި، 2010ވަނަ އަހަރު ކަމުގައެވެ.
އާޒިމާ ޝަކޫރު ވިދާޅުވީ، މިމައްސަލާގައި ނަޝީދުގެ ވެރިކަމުގައި އޭރުގެ ފޮރިންގ މިނިސްޓަރު ޑރ. ޝަހީދު މޮރިޝަސްއާއި ވާހަކަ ދައްކަވަމުން، މޮރިޝަސްއައިން ޗާގޮސްއަށް ކުރާ ކްލެއިމް ރާއްޖެއިން ބަލައިގަންނަކަމަށް ވިދާޅުވެފައިވަ ކަމަށެވެ.
އާޒިމާ ވިދާޅވީ، އެހެނެންމަވެސް އޭނާ ފަހުން ބަންޑާރަ ނައިބަކަށް ވަޑައިގެން، 2012 އޮގަސްޓުމަހު ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް އެމައްސަލަ ހުށަހެޅިކަމަށާއި، އެގޮތަށް ޚާރިޖީ ވަޒީރަށް ވިދާޅެއް ނުވެވޭނެކަމަށް ވިދާޅުވެފައިވާނެކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.
އާޒިމާ އިތުރަށް ވިދާޅުވީ ނަޝީދުގެ ވެރިކަމުގެ ކުރިން އައި އެއްވެސް ސަރުކާރަކުން ޗާގޮސްއަކީ މޮރިޝަސްގެ ބައެއްކަމަށް އެއްބަސްވެފައި ނުވާކަމަށެވެ.
އަދި އާޒިމާ ވިދާޅުވީ އެހާތަނުން ރާއްޖެއިން މޮރިޝަސްއާއި ވާހަކަ ދެއްކުން ހުއްޓާލާފަވާކަމަށެވެ.
3 Responses
އަހަރެމެން ޗާގޯސް ބޭުމެއްނޫން އަހަރެމެން ބޭނުމީ މަލިކު
އަސްތާ މިއެގުނީ! މިއީ ހަސަން 9 ރަސްގެފާނަށް ބައިއަތު ހިފައިގެން ތިބި ބައިގަޑެއްކަން! ސުބްޙާނަﷲ! އެއްވެސް މުސްލިމު ވެރިޔަކު މިތަނާ ނޫޅުނީ އޭރުވެސް މިހާރުވެސް ކްރިސްޓިއަނުންގެ ބަޔަކުގެ ތަނެއްކަމަށް ވާތީ އެވެ. ދިވެހިރާއްޖޭގައި ކާފަރު ބަޔަކު އުޅޭ ރަށެއް ބޭއްވުމަށް ބޭނުން ނުވާތީއެވެ. އަލްޙަމްދުﷲ ތިޔަތަން ދޫކޮށްލި ކަމަށް ރައީސަށް ސުކުރު ކުރަމެވެ.
ހަސަން ރަސްގެ ފާނުން އެކުރި ކަމަކީ އޭނާ އާއި ހަމަޔަށް ރާއްޖޭގެ ސަރަހައްދު އަދި ވެރިކަމުގެ ބާރު ހިގާ ދިވެހި މުސްތަގިއްލު ދައުލަތް ބަޔާންކޮށްދިނީ އެކަމަކު އެކަން ދެން އައިމީހުންނަށް ނޭގުނު އަދި ކިރިޔާ ތިއެގެނީ. ބުނަންތަ އިންޑިއާ ކޮއްޗި ސަރަހައްދުގެ ބަނޑު ދަށުން ފެށިގެން ގޮސް "ހޯޅަވައްސޭ'" މިކިޔާ ރަށާއި އެތަނުގައިވާ 7އަތޮޅާއި އެކު ވެސް މީ ހަމަ ދިވެހިރާއްޖޭގެ ރަށްތައް، ރައްޔިތުން މަޖުލީހުގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ކުރުމަށް މަޖިލީހަށް ގޮވާލަން އަދި މި މުޅި ދިވެހިރާއްޖެ ހޯއްދަވާ