ދެކުނުން ބައުންޑަރީ ކަނޑައަޅާފަ ނެތްކަމަށް ހަދަނީ ދޮގު، 200 މޭލުގެ ބައުންޑަރީ އޮތީ ކަނޑައަޅާފަ: މުނައްވަރު

ދެކުނުން ބައުންޑަރީ ކަނޑައަޅާފަ ނެތްކަމަށް ހަދަނީ ދޮގު، 200 މޭލުގެ ބައުންޑަރީ އޮތީ ކަނޑައަޅާފަ: މުނައްވަރު

Author
ހުސެއިން
03 މެއި 2023 05:29
0

ރާއްޖޭގެ ދެކުނުން ރާއްޖޭގެ ކަނޑުގެ އިން ވަކި ކުރެވިފައި ނުވާކަމަށް ވިދާޅުވެ ސަރުކާރުގެ އިސްވެރިން ހައްދަވަނީ އިތުރުފުޅު ކަމަށާއި، ރާއްޖޭގެ ދެކުން 200 މޭލުގެ ބައުންޑަރީ އޮތީ ކަނޑައެޅިފައިކަމަށް ކުރީގެ ބަންޑާރަނައިބު ޑރ. މުނައްވަރު ވިދާޅުވެއްޖެއެވެ.

ޑރ. މުނައްވަރު މިހެން ވިދާޅުވީ، ޗާގޮސްއަކީ މޮރިޝަސްގެ ބައެއްކަމަށް ބައިނަލްއަގުވާމީ ގޮތުން ކަނޑައެޅިގެން ދިއުމާއި ގުޅިގެން، އިޓްލޮސްއިން ނިންމުމަށްފަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ގޮސްފައިވާކަމަށް ވިދާޅުވެ ސިޔާސީ ޕާޓީތަކުންނާއި ކުރީގެ ވަޒީރުންތަކެއް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ، ރާއްޖޭގެ އިން ކަނޑުން 200 މޭލުން ބޭރަށް ކުރެހުމަށްފަހު، އެއިން ކަނޑައެޅުމަށްޓަކާ ޔޫއެންއަށްވެސް ހުށަހެޅިފައިވާ ކަމަށާއި، އެހެންނަމަވެސް ޔޫއެން ރާއްޖޭގެ އެ ހުށަހެޅުމަށް ގޮތެއް ނިންމާފައި ނުވާކަމުގައެވެ.

އަދި އެމަސައްކަތަކީ އޭނާގެ ބަންޑާރަނައިބު ކަމުގައި ކޮށްފައިވާ މަސައްކަތެއް ކަމަށް ވިދާޅުވަމުން ޑރ. މުނައްވަރު ވިދާޅުވީ، އިޓްލޮސްގެ ހުކުމުން ރާއްޖެއިން ބައެއް ނުގެއްލޭ ކަމަށާއި، ދެކުނުން އިން ކަނޑައެޅިގެން ހިގައްޖެކަމަށް މި ސަރުކާރުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމުގައިވެސް މުނައްވަރު ވިދާޅުވިއެވެ.

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކުރު ވިދާޅުވީ، ޗާގޮސްއަކީ މޮރިޝަސްގެ ބައެއްކަމަށް އެންމެ ފުރަތަމަ ރާއްޖެއިން އެއްބަސްވެފައިވަނީ ނަޝީދުގެ ވެރިމަކަމުގައި، 2010ވަނަ އަހަރު ކަމުގައެވެ.

މޮރިޝަސްއާއި ރާއްޖޭގެ ދެކުނުން ފުށުއަރާ ކަނޑުގެ ސަރަހައްދާއި ގުޅޭގޮތުން އިޓްލޮސްއިން ނިންމި ނިންމުމާއި ގުޅޭގޮތުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލިގެން ގޮސްފައިވާކަމަށް ވިދާޅުވެ، އެ މައްސަލައާއި ގުޅޭގޮތުން، ކުރީގެ ބަންޑާރަނައިބުންނާއި އަދި ކުރީގެ ވަޒީރުންތަކެއް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމާ ޝަކޫރު ވިދާޅުވީ، މިމައްސަލާގައި ނަޝީދުގެ ވެރިކަމުގައި އޭރުގެ ފޮރިންގ މިނިސްޓަރު ޑރ. ޝަހީދު މޮރިޝަސްއާއި ވާހަކަ ދައްކަވަމުން، މޮރިޝަސްއައިން ޗާގޮސްއަށް ކުރާ ކްލެއިމް ރާއްޖެއިން ބަލައިގަންނަކަމަށް ވިދާޅުވެފައިވަ ކަމަށެވެ.

އާޒިމާ ވިދާޅވީ، އެހެނެންމަވެސް އޭނާ ފަހުން ބަންޑާރަ ނައިބަކަށް ވަޑައިގެން، 2012 އޮގަސްޓުމަހު ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް އެމައްސަލަ ހުށަހެޅިކަމަށާއި، އެގޮތަށް ޚާރިޖީ ވަޒީރަށް ވިދާޅެއް ނުވެވޭނެކަމަށް ވިދާޅުވެފައިވާނެކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ އިތުރަށް ވިދާޅުވީ ނަޝީދުގެ ވެރިކަމުގެ ކުރިން އައި އެއްވެސް ސަރުކާރަކުން ޗާގޮސްއަކީ މޮރިޝަސްގެ ބައެއްކަމަށް އެއްބަސްވެފައި ނުވާކަމަށެވެ.

އަދި އާޒިމާ ވިދާޅުވީ އެހާތަނުން ރާއްޖެއިން މޮރިޝަސްއާއި ވާހަކަ ދެއްކުން ހުއްޓާލާފަވާކަމަށެވެ. ޗާގޮސްއަކީ މޮރިޝަސްގެ ބައެއްކަމށް ނަޝީދުގެ ސަރުކާރުން ބަލައިގެންފައިވާކަމަށް އާޒިމާ ވިދާޅުވިއިރު، ނަޝީދުއަކީ ޗާގޮސްގެ މައްސަލާގައި ސަރުކާރަށް ފާޑު ވިދާޅުވެ، ޗާގޮސްއަކީ ރާއްޖޭގެ ބައެއްކަމަށް މިހާރު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.

މިހާރު ކުރިޔަށްދާ މި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމުހޫރީ ޕާޓީންނާއި އެމްއެންޕީންނާއި ޕީޕީއެމް އަދި ޕީއެންސީންއާއި އެމްއާރުއެމްއިން ބައިވެރިވާއިރު، ނަޝީދުގެ ފަރާތުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރި ވަމުންދަނީ، ނަޝީދުގެ ފިކުރެއްގެ ދިރުން ސިޔާސީ ހަރަކާތުގެ އިސް ފަރާތެއް ކަމުގައިވާ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމުރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބާލައާދަނު
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ، ރާއްޖޭގެ އިން ކަނޑުން 200 މޭލުން ބޭރަށް ކުރެހުމަށްފަހު، އެއިން ކަނޑައެޅުމަށްޓަކާ ޔޫއެންއަށްވެސް ހުށަހެޅިފައިވާ ކަމަށާއި، އެހެންނަމަވެސް ޔޫއެން ރާއްޖޭގެ އެ ހުށަހެޅުމަށް ގޮތެއް ނިންމާފައި ނުވާކަމުގައެވެ. މި ބުނާއެއްޗެއް ކޮންމެވެސް ކުއްޖަކު އޮޅުންފިލުވާލަދީބަލަ