މާޒިޔާ ނުނިކުންނާނެ ތައްޓަށް ނޫންގޮތަކަށް: ނިޒާމް

މާޒިޔާ ނުނިކުންނާނެ ތައްޓަށް ނޫންގޮތަކަށް: ނިޒާމް

Author
އިބްރާހީމް ސާޢިދު
30 ނޮވެމްބަރ 2020 06:07
0

މާޒިޔާ މި ސީޒުނަގައި ވެސް ނުކުންނާނީ ކުރިމަތިލާ ކޮންމެ މުބާރާތެއްގެ ތައްޓަށް ކަމަށާއި މާޒިޔާއަކީ އޭނުން ގޮތަކަށް ތައްޔާރުވާނެ ޓީމެއްް ނޫންކަމަށް މާޒިޔާގެ ކޯޗު މުހަންމަދު ނިޒާމް ބުނެފިއެވެ.

އެފްއޭއެމްގެ ލެޓްސް ޓޯކް ފުޓްބޯޅަ ޝޯ އަށް ދިން އިންޓަވިއުއެއްގައި ނިޒާމް ބުނީ މިވަގުތުގެ އަމާޒަކީ އަންނަ މަހުގެ އަށް ވަނަ ދުވަހު ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅެންޖެހޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކުރުން ކަމަށެވެ. ނިޒާމް ބުނީ ވާދަވެރި ސީޒަނަކާ ކުރިމަތިލާއިރު އޭނާގެ ވަކި އަމާޒެއް އޮތުމަށް ވުރެ މުހިއްމީ ކްލަބުގެ އަމާޒަށް ދިއުން ކަމަށެވެ.

ނިޒާމް މާޒިޔާގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. ނިޒާމް މާޒިޔާގެ ކޯޗުކަމަށް ހަމަޖެއްސީ މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމަށް އަމާޒުކޮށެވެ. އެހެންނަމަވެސް ކޯވިޑް-19 އާ ގުޅިގެން މިއަހަރުގެ އޭއެފްސީ ކަޕް ކެންސަލްކުރުމުން ނިޒާމް މިހާރު އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ސީޒަނުގައި އެ ކްލަބް ވާދަކުރާ މުބާރާތްތަކުން ރަނގަޅު ކާމިޔާބީއެއް ހޯދުމަށެވެ.

މިދިޔަ ހަތެއް ނޫނީ އަށް އަހަރަށް ބަލާއިރު އެމީހުންގެ ސްކޮޑަށް އަދި އެހެން ކަންކަމަށް ބަލާއިރު ތައްޓަށް ނޫން ގޮތަކަށް ނުކުންނަ ޓީމެއް ނޫން. އެހެންވީމަ އެގޮތަށް މިއަހަރު ވެސް ވިސްނުން ހުރީ.

– ޓީސީ  2018 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ކޯޗު ނިޒާންބެ ބުނެފައިވެއެވެ.

އެފްއޭ ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފަށާއިރު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.