ސަލާމަތީ ޚިދުމަތްތައް ކުރިއެރުމަށް އިންޑިއާއިން ދޭއެހީއަށް ޝާހިދުގެ ޝުކުރު

ސަލާމަތީ ޚިދުމަތްތައް ކުރިއެރުމަށް އިންޑިއާއިން ދޭއެހީއަށް ޝާހިދުގެ ޝުކުރު

Author
މުޙައްމަދު ޝަޒައިމް
01 މެއި 2023 09:14
0

ރާއްޖޭގެ އަސްކަރިއްޔާއާއި ސަލާމަތީ ހިދުމަތްތައް ކުރިއެރުމަށް އިންޑިއާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ފޮރިން މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި މިިނިސްޓަރ ޝާހިދު ވަނީ އިންޑިއާގެ ޑިފެންސް މިނިސްޓަރަށް މަރުހަބާ ދަންނަވާ، ރާއްޖެއާއި އިންޑިއާގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި ރާއްޖޭގެ އަސްކަރިއްޔާއާއި ސަލާމަތީ ހިދުމަތްތައް ކުރިއެރުމަށް އިންޑިއާއިން ދެއްވަމުން ގެންދަވާ އެހީތެރިކަންވެސް ޝާހިދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ދިފާޢީ ގުޅުމުގެ ތެރެއިން، ޙާޞިލުކުރެވިފައިވާ މުހިންމު ކާމިޔާބީތަކުގެ މައްޗަށް ދެ ބޭފުޅުންވެސް އަލިއަޅުއްވާލެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ދިފާއީ ދާއިރާއިން ދެ ޤައުމުގެ ގުޅިގެން އިތުރަށް ބަދަހިިކޮށް، އެގޮތުގެ މަތިން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެ ބޭފުޅުންވެސް ވަނީ ދެއްވާފައެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރ މިއަދު ރާއްޖެ ވަޑައިގެންނެވީ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބިސް ޓްރޭޑަރޒް
ބެއްޔާ ތެދުވީ ކާންއިން މޭޒާ އެކުތަ؟ ތުރުކުރައްވާފަ ހުރި ހެދުންކޮޅުން މިހެން މިބުނެލީ..ޒާތީކަމެއްނެތް