ދެހާސް ދެވަނަ އަހަރުގެ އޭޝިޔާގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕުގައި ސެނެގާލް ޓީމުން ވިދާލި ޕަޕާއާ ޑުބަޑިއޯފް މަރުވެއްޖެއެވެ.
މީޑީއާ ރިޕޯޓުތައް ބުނާ ގޮތުން އޭނާ މަރުވީ ދިގު މުއްދަތަކަށް ބަލިވެ އުޅުމަަށްފަހު އުމުރުން 42 އަހަރުގައެވެ. އޭނާ މަރުވުމުގެ ކުރިން ހާލު ދެރަވެގެން ވަނީ އެޑްމިޓުކޮށްފައެވެ. މި ކަމުގައި އޭނާއަށް ފަރުވާ ދިން ޑޮކްޓަރުންގެ އެއްވެސް ވާހަކައެއް އަދި ހާމައެއް ނުކުރެއެވެ.
ކުރިން ފުލަމް އާއި ޕޯޓްސްމަތު ކުޅުނު ކުޅުންތެރިޔާއަކީ ސެނެގާލް ވިދާލި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި ފްރާންސް ކޮޅަށް ތާރީޚީ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. ޕަޕާއާގެ ފުޓުބޯޅަ ކެރިއަރުގައި އެންމެ ކާމިޔާބު އަހަރުތަކެއް ހޭދަކުރީ އިނގިރޭސި ފުޓުބޯޅައިގައެވެ.
ފްރާންސްގެ ރޭސިން ކުލަބް ޑި ލެންސްއިން 2004 ވަނަ އަހަރު އިނގިރޭސި ކުލަބް ޕޯޓްސްމަތު އަށް ބަދަލުވެ އެ ކުލަބުގައި ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެއަށްފަހު އިނގިރޭސި ކުލަބުތައް ކަމަށްވާ ފުލަމް އާއި ވެސްޓް ހޭމް ޔުނައިޓެޑާއި ބާމިންހަމް ސިޓީއަށްވެސް އޭނާ ކުޅުނެއެވެ. އިނގިރޭސި ކުލަބުތަކުގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށްފަހު އޭނާ ފުޓުބޯޅައިން ރިޓަޔާވީ 2013 ވަނަ އަހަރުގައެވެ. އޭނާ ވަނީ އިނގިރޭސި ޕްރިމިއަރ ލީގުގައި ޖުމްލަ 129 މެޗު ކުޅެފައެވެ.
ކޮމެންޓު ފޮނުވާ