އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާއްޖެ ވަޑައިގެންފި

ގުޅުންހުރި

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ރާއްޖެ ވަޑައިގެންފިއެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާއްޖެއަށް ކުރައްވާ މިދަތުރުފުޅަކީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. ރާޖްނަތު ސިންގު ރާއްޖެ ވަޑައިގަތުމުން އޭނާއަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ.

ޑިފެންސް މިނިސްޓަރު ރާޖްނާތުގެ މިދަތުރުފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރާއްޖެގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ފޮރިން މިނިސްޓަރު ޝާހިދާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ރާޖްނަތުގެ މިދަތުރުފުޅުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކޯސްޓްގާޑު އުޅަނދު، ހުރަވީގެ ބަދަލުގައި ވަސީލަތްތައް ގިނަ ޒަމާނީ އާ އުޅަނދެއް ހަދިޔާކުރައްވާނެ އެވެ. އެ އުޅަނދު މިވަގުތު އޮތީވެސް ރާއްޖޭގައެވެ. ރާއްޖޭގެ ސިފައިންގެ ދެވަނަ ލޭންޑިން ކްރާފްޓް އެސޯލްޓް (އެލްސީއޭ) އަކާއި 24 ޔުޓިލިޓީ ވެހިކަލް އިންޑިއާ އިން ހަދިޔާ ކުރުންވެސް މާދަމާ ކުރިއަށް ގެންދާނެއެވެ.

އިންޑިއާ އިން ހުރަވީ ހަދިޔާކުރީ އޭޕްރީލް 16، 2006 ގައި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައެވެ. ހުރަވީގެ ބަދަލުގައި އާ ކޯސްޓްގާޑެއް ހަދިޔާކުރަން އިންޑިއާ ސަރުކާރުން ނިންމީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ އޮގަސްޓް މަހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މުޅިގައުމުު ވިއްކާހުސްނުކޮއްް ފެއްސިގެންދޭަ މީއަހަރަމެންގެވެސްގައުމުު ބޭނުންހާކައެއްކުރަންް ވިސްނުމަކީި ދެރަކަމެއް

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ