ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން ރާއްޖެއާ އެގައުމާ ދެމެދު ހާއްސަ އިގުތިސާދީ ސަރަހައްދުގެ އިން، އިއްޔެ ކަނޑައެޅި ކަނޑައެޅުމަކީ ރާއްޖޭން ބައެެއް ގެއްލުން ކަމަށް ސިފަކުރައްވައި، ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު އެކަމާ ހިތާމަ ފާޅުކުރައްވައިފިއެވެ.
މުނައްވަރު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ދެކުނުން ޗާގޯސް އާ ވީ ސަރަހައްދުގެ އިން ކަނޑައެޅުމުގައި މިއަދު މޮރިޝަސްގެ މައްޗަށް ރާއްޖެ އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ހޯދި ކާމިޔާބާ ގުޅިގެން ކުރެއްވި ޓުވީތުގައެވެ.
މުނައްވަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ ސަރަހައްދަކުން ބައެއް ގެއްލުމަކީ ނުވަތަ އުނިވުމަކީ ލިބޭ ކާމިޔާބީއެއް ނޫން ކަމަށާއި، މިކަމުގައި އިހުމާލުވި ފަރާތްތައް ޒިންމާ ކުރުވަންޖެހޭނެ ކަމަށެވެ.
ގާނޫނަކުން ކަނޑައެޅިފައިވާ ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ބައެެއް ގެއްލުމަކީ ނުވަތަ އުނިވުމަކީ ލިބޭ ކާމިޔާބެއް ނޫނެވެ. ހިތާމައެކެވެ. މިކަމުގައި އިހުމާލުވި ފަރާތްތައް ޒިންމާކުރުވަން ޖެހޭނެއެވެ.
– ޓްވީޓްގައި މުނައްވަރު ވިދާޅުވިއެވެ.
ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިޓްލޮސް އިން ވަނީ ރާއްޖެއަށް ބޮޑުބައެއް ލިބޭ ގޮތަށް ނިންމާފައެވެ. އެގޮތުން އިޓްލޮސް އިން ވަނީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބޭގޮތަށް ނިންމާފައެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ.
އުތުރު ޗާގޯސްގެ އައުޓާ ކޮންޓިނެންޓަލް ޝެލްޕް މޮރިޝަސްއަށް ހައްގުވާ ކަމަށް ސާބިތުކޮށްދީފައިނުވާތީ، މޮރިޝަސްއިން އެދިފައިވާ ގޮތަށް، ރާއްޖެއާއި މޮރިޝަސްއާ ދެމެދުގައިވާ އައުޓާ ކޮންޓިނެންޓަލް ޝެލްފް ޑީލިމިޓުނުކުރުމަށް ވެސް ޓްރައިބިއުނަލްގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށް އެޓާރނީ ޖެނެރަލް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ދެކުނުގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަހައްދު ކަނޑައެޅި، އެ ސަރަހައްދުތަކުގެ މައްޗަށް ސިޔާދަތީ ހައްގުތައް ލިބި ކަށަވަރުވެފައިވާ ކަމަށް ވެސް އޭޖީން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ