ރާއްޖެއާއި ޗާގޮސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކި ކުރުމާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީގެ ސްޕެޝަލް ޗެމްބާރއިން މިއަދު ނިންމި ނިންމުމާ ގުޅޭގޮތުން ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް މިރޭ ރައީސުލްޖުމްހޫރިއްޔާ ބާއްވަވައިފިއެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވާ ކަންކަމާއި ގުޅޭ ފުރިހަމަ މައުލޫމާތު އަދި ލިބިފައި ނުވިނަމަވެސް، ފޮރިން މިނިސްޓަރ އަބުދިﷲ ޝާހިދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަށް މި ހޯއްދަވައިދެއްވި ތާރީޚީ ކާމިޔާބީއަށް މުޅި ކެބިނެޓުން ރައީސަށް ތަހުނިޔާ ދަންނަވާފައިވާ ކަމުގައެވެ.
ރައްޖެއާއި މޮރިޝަސްއާއިމެދު މެރިޓައިމް ބައިންޑަރީއާއި ގުޅޭގޮތުން އުފެދުނު ޚިޔާލުތަފާތުވުމާއި ގުޅޭގޮތުން ބައިނަލްއަގުވާމީ ކޯޓު އިޓްލޮސްއިން މިއަދު ކުރި ހުކުމަށްފަހު، ސަރުކާރުގެ ވަޒީރުންނާއި އަދި ސަރުކާރުގެ ސިޔާސީ އިސް މަގާމްތަކުގައި ތިބި ފަރާތްތަކުން ދަނީ މިއީ ރާއްޖެއަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށް، ރައީސް ސާލިހުއަށް ތަހުނިޔާ ވިދާޅުވަމުންނެވެ.
މިއަދުގެ ހުކުމަށްފަހު އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ މޮރިޝަސްގެ ފަރާތުން ދިވެހިރާއްޖެއާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެެރއިން ފުށުއަރާ ސަރަހައްދާއި ގުޅޭގޮތުން ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ)ގެ ދަށުން 23 އޮގަސްޓު 2019 ގައި ހުށަހެޅި މައްސަލާގައި މިއަދު އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އިފް ދަ ސީ (ޓްރައިބިއުލަން) ކުރި ހުކުމްގައި ގޮތް ނިންމާފައިވަނީ މޮރިޝަސްއިން ޑިމާންޑު ކުރަމުން ދިޔަ އެންމެ ބޮޑު ޑިމާންޑް ކަމުގައިވާ، ޗާގޮސްގެ "ބްލެންހެމް ރީފް" ގައި ބޭސް ޕޮއިންޓް ނުހިމަނާ ކަމަށާއި، މައްސަލަ ނިންމާފައިވަނީ ރާއްޖެއިން އެދުނު ގޮތަށް ކަމުގައެވެ.
މިއަދު ހުކުމަށްފަހު އޭޖީ އޮފީހުން ނެރުނު ބަޔާނުގައި އިތުރަށް ީޓޅޯށވިދާޅުވެފައިވަނީ، އިޓްލޮސްއިން ކުރި ހުކުމުގައި، ދެގައުމުގެ މެރިޓައިމް ބައުންޑަރީގައި ފުށުއަރާ 92،563 އަކަ ކިލޯ މީޓަރުގެ ސަރަހައްދުން ރާއްޖެއަށް ލިބިފައިވަނީ 47،232 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ކަމަށާއި، އަދި މޮރިޝަސްއަށް ދޭން ކޯޓުން ހުކުމް ކޮށްފައިވަނީ 45،331 ގެ ސަރަހައްދެއް ކަމުގައެވެ.
ޓްރައިބިއުނަލުން މިގޮތަށް ނިންމާފައިވަނީ ދިވެހިރާއްޖެއިން ހުށަހެޅި ގޮތަށެވެ. އެއީ، "ބެލްންހެމް ރީފް" ގައި ބޭސް ޕޮއިންޓް ނުހިމެނޭނެކަމަށް ކަނޑައަޅައިގެންނެވެ. އަދި އުތުރު ޗާގޮސް އައުޓަރ ކޮންޓިނެންޓަލް ޝެލްފް މޮރިޝަސްއަށް ހައްގުވާކަމަށް ސާބިތު ކޮށްދީފައި ނުވާތީ، މޮރިޝަސްއިން އެދިފައިވާ ގޮތަށް، ރާއްޖެއާއި މޮރިޝަސްއާ ދެމެދުގައިވާ އައުޓަރ ކޮންޓިނެންޓަލް ޝެލްފް ޑީލިމިޓް ނުކުރުމަށްވެސް ޓްރައިބިއުނަލްގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.
މިއަދުގެ ހުކުމާއި ގުޅޭގޮތުން އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އޭޖީ އޮފީހުގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ، މިމައްސަލާގައި ޓްރައިބިއުނަލްއިން ދިވެހިރާއްޖޭގެ ބައިންޑަރީ ކަނޑައެޅުމުގެ ނަތީޖާއަކީ މުޢާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ދެކުނުން ޚާއްސަ އިގްތިސާދީ ސަރަހައްދުގެ އައުޓަރ ލިމިޓް ކަނޑައެޅި، ދިވެހިރާއްޖެއަށް އެ ސަރަހައްދުގެ މައްޗަށް ސިޔާދަތީ ހައްގުތަށް ލިބި، ބައިނަލްއަގުވާމީ ގާނޫނީ ހަމަތަކުގެމަތިން ކަށަވަރުވުން ކަމުގައިވެސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ