ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލަ، ރާއްޖެއަށް ބޮޑު ބައި ލިބޭގޮތަށް، ރާއްޖެއިން ހުށައެޅިގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްއިން)އިން ނިންމި ނިންމުމަކީ ރާއްޖޭގެ ކަނޑާއި، ވައިން އިންޗިއެއްވެސް ނުދިނުމަށް ސަރުކާކުރި މަސައްކަތުގެ ނަޖީތާކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ހުށައެޅިގޮތަށް މި މައްސަލަ އިޓްލޮސްއިން ނިންމާފައިވަނީ ރާއްޖެއިން ހުށައެޅި ލިޔުންތަކާއި ހެއްކާ އަދި ސެޓަލައިޓް ފޮޓޯތަކާއި ސައިންޓިފިކް ހުށައެޅުންތަކަށް ބެލުމަށްފަހުގައެވެ.
ރާއްޖެއާއި ޗާގޯސް އާކިޕަގޯއާއި ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، އިޤްތިޞާދީ ޚާއްޞަ ސަރަޙައްދު (އީއީޒެޑް) ފުށުއަރާ 95،000 އަކަކިލޯމީޓަރުގެ ސަރަޙައްދެއް އޮވެއެވެ. ނަމަވެސް ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ނިމިފައިނުވާތީ، އެ ސަރަހައްދުގެ އިން އެއްވެސް އިރެއްގައި ކަނޑައަޅާފައެއް ނުވެއެވެ.
މިމައްސަލައިގައި މިއަދުގެ ހުކުމުން ސާފުވި ކަންކަމަށް އިޝާރާތް ކުރައްވާ މެމްބަރު ޝިފާއު ވިދާޅުވީ މިއީ ދިވެހި ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހޯދި ބޮޑު ކާމިޔާބީއެއްކަމަށެވެ. އަދި މިއީ މިމައްސަލާގައިި ސަރުކާރުން އިހުލާސްތެރި ނިޔަތެއްގައި ކުރި މަސައްކަތުގެ ފުރިހަމަ ކާމިޔާބު ކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހިސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އިޙުލާސްތެރި މަރުހަބާ ދަންނަވަން. އިޓްލޮސްގަ މިއަދު ލިބުނު ކާމިޔާބީގެ އަސްލަކީ ދިވެހި ކަނޑާއި ވައިގެ ސަރަހައްދުންވެސް އެއްމެ އިންޗިއެއްވެސް ދޫވިޔަނުދިނުމަށް ކުރެއްވި އިޙުލާސްތެރި ގަދަފަދަ މަސައްކަތް.
– ޝިފާއު ވިދާޅުވިއެވެ.
ރާއްޖެއިން ހުށައެޅި ލިޔެލިޔުންތަކާއި ހެކިތަކަށް ބަލާ، އިޓްލޮސްއިން ނިންމާފައިވަނީ މޮރީޝަސްގެ ހުށައެޅުން ބަލައި ނުގަތުމަށެވެ. އިޓްލޮސްގެ ޗެމްބަރުން ނިންމީ "ބްލެންހެމް ފަރު"ގެ ސަރަޙައްދުން ފެށިގެން މިން ނޭޅުމަށެވެ. އިޓްލޮސްގެ ޗެމްބަރުން ނިންމީ ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކިކުރުމަށް ޓަކައި "އިކުއިޑިސްޓަންސް" ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތްކަމަށެވެ.
އެހެންކަމުން މޮރީޝަސްއާއި ދެކޮޅަށް މި މައްސަލަ ނިމުމާއި ގުޅިގެން، ދެޤައުމުން ފުށުއަރާ ސަރަޙައްދުން ރާއްޖެއަށް 4،600 އަކަކިލޯމީޓަރުގެ ސަރަޙައްދެއް އިތުރަށް ލިބިފައެވެ.
2019 ވަނަ އަހަރުގެ އެ ގަރާރަށް ދެކޮޅަށް ވޯޓުދިނީ ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށްވުރެ އިތުރުކުރުމަށް ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްޕް (ސީ.އެލް.ސީ.އެސް) އަށް 26 ޖުލައި 2010 ގައި ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއިން އިޢުތިރާޟުކޮށް، 24 މާޗް 2011 ގައި "ފޯމަލް ޕްރޮޓެސްޓް" ހުށަހަޅާފައިވާތީ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ
ކޮމެންޓު ފޮނުވާ