އެކައުންސިލާއި މިކައުންސިލުން ގޮނޑިއެއް ލިބުމަށްވުރެ ރާއްޖެއަށް މުހިންމީ ޚާއްސަ އިޤްތިޞާދީ ސަރަހައްދު ކަމުގައި ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ކަނޑުގެ ސަރަހައްދުގެ މައްސަލާގައި މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މިދިޔަ އަހަރު ވަނީ ނިންމާލައިފައެވެ. އިމުގެ މައްސަލައިގައި މިއަދު ގޮތެއް ނިންމާއިރު، މިކަމުގައި ގިނަ ދިވެހި ރައްޔިތުން ދަނީ ސަރުކާރުން އަމަލު ކުރި ގޮތާއިމެދު ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
މިމައްސަލާގައި އެންމެ ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވާ ކުރީގެ ބަންޑާރަނައިބް ދިޔާނާ ވިދާޅުވީ މޮރިޝިއަސްގެ ސިޔާސަދަތީ ބާރު ބަލައިގަންނަން ނިންމާނަމަ ނިންމަންވާނީ އޭގެ ބަދަލުގައި ރާއްޖެއަށް އީއީޒެޑް އިން ބޮޑު ބައެއް ލިބުމަށް ނެގޯޝިއޭޓް ކޮށްގެންކަމަށެވެ. އެއްވެސް މަޝްވަރާ ކުރުމެއްނެތި ސަރުން އެކައުންސިލާއި މިކައުންސިލުން ގޮޑި ހޯދުމަށް ނިންމާ މިފަދަ ނިންމުމުން ގެއްލުން ލިބެނީ ދިވެހި ރައްޔިތުންނަށް ކަމަށް ދިޔާނާ ވިދާޅުވިއެވެ.
އެކައުންސިލާއި މިކައުންސިލުން ގޮނޑިއެއް ލިބުމަށްވުރެ ރާއްޖެއަށް މުހިންމީ ޚާއްސަ އިޤްތިޞާދީ ސަރަހައްދުން ބޮޑު ބައެއް ލިބުން. ބޮލެއް ތިބިއްޔާ އެގެންވާނެ މޮރިޝިއަސްގެ ސިޔާސަދަތީ ބާރު ބަލައިގަންނަން ނިންމާނަމަ ނިންމަންވާނީ އޭގެ ބަދަލުގައި ރާއްޖެއަށް އީއީޒެޑް އިން ބޮޑު ބައެއް ލިބުމަށް ނެގޯޝިއޭޓް ކޮށްގެންކަން.
– ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ މިއިޝާރާތް ކުރައްވާ ގޮޑިއަކީ އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމަށް ރާއްޖެއިން ވާދަކޮށް ކާމިޔާބު ކޮށްފައިވާ ގޮނޑިއަށް ކަމަށް ބެލެވެއެވެ.
އެ މައްސަލަ ޓްރައިބިއުނަލްގައި އޮތުމުން ރާއްޖެ އިން ވަނީ ޗާގޯސް އައިލެންޑްސްގެ މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ނިންމައިފައެވެ. އޭގެ ކުރިން ޗާގޯސްގެ މައްސަލާގައި މޮރިޝަސް އާއި އިނގިރޭސި ވިލާތާ ދެމެދު އުފެދިފައިވާ މައްސަލާގައި ރާއްޖެ އޮތީ މޮރިޝަސްއާ ދެކޮޅަށެވެ.
އެކަމަކު މިދިޔަ އަހަރު ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލަން ސަރުކާރުން އެއްބަސްވީ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އެކަމަކު ސަރުކާރުން ބުނެފައިވަނީ ކަނޑުގެ ބައެއް އޭގެ ސަބަބުން ނުގެއްލޭނެ ކަމަށެވެ. ޗާގޯސްއަކީ އިނގިރޭސި ވިލާތުން އެމެރިކާ އަށް ކުއްޔަށް ދިނުމުން އެމެރިކާ އިން މިހާރު އަސްކަރީ މަރުކަޒެއް ގާއިމް ކޮށްފައިވާ ތަނެވެ. އެތަނުގެ މިލްކުވެރިކަމުގެ މައްސަލާގައި އިނގިރޭސި ވިލާތާއި ޗާގޯސްއާ ދެމެދު އަބަދުވެސް ހިޔާލު ތަފާތުވެފައި ވެއެވެ.
2 Responses
2023 – 4 -28 ދުވަހަކީ ދިވެހިންނަށް ކަޅުއަދިރިދުވަހެއް ކުރިޔަށްއޮތްދުވަސްތަކުގާ ނާންމާންދުވަސްތަކެއް ފެނިގެން ދިއުމަކީ ވަރަށް އެކަށީގެންވޭ އެވެ ފަލަސްތީނަށް އިގިރޭސިން ޔަހޫދީން ވަޒަންވެރި ކުރުމަށްފަހު ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވާހިތާމަވެރިހާދިސާ ޗަގޯސް ސަރަހައްދުގެ މައްސަލާގައި މޮރޮސިސަސްއާ ދިވެހިންނާ ތަޅާފޮޅާނެދުވަސް ވަރަށްކައިރިއެވެ
2023 – 4 -28 ދުވަހަކީ ދިވެހިންނަށް ކަޅުއަދިރިދުވަހެއް ކުރިޔަށްއޮތްދުވަސްތަކުގާ ނާންމާންދުވަސްތަކެއް ފެނިގެން ދިއުމަކީ ވަރަށް އެކަށީގެންވޭ އެވެ ފަލަސްތީނަށް އިގިރޭސިން ޔަހޫދީން ވަޒަންވެރި ކުރުމަށްފަހު ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވާހިތާމަވެރިހާދިސާ ޗަގޯސް ސަރަހައްދުގެ މައްސަލާގައި މޮރޮސިސަސްއާ ދިވެހިންނާ ތަޅާފޮޅާނެދުވަސް ވަރަށްކައިރިއެވެ