މޮރިޝަސްއާއި ރާއްޖެއާއި ޚިޔާލު ތަފާތުވި ބައިންޑަރީގެ މައްސަލާގައި ވަކާލާތު ކުރެއްވި ގާނޫނީ ޓީމް

އިޓޮލްސްގެ ނިންމުން އަދުލުވެރި ވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް: ސަރުކާރު

އިޓޮލްސްގެ ނިންމުން އަދުލުވެރި ވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް: ސަރުކާރު

ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖެއިން ހުށަހަޅާފައިވާ ކަންކަމަށް ރިޢާއަތްކޮށް، ޢަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓޮލްސް) އިން މި މައްސަލަ ނިންމަވާނެކަމާމެދު ދިވެހި ސަރުކާރުގެ ފުރިހަމަ އިތުބާރު އޮތްކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިގޮތަށް ވިދާޅުވެފައަވަނީ، ޗާގޮސްއާއި ރާއްޖެއާދެމެދު ޚިޔާލުތަފާތު ވެފައިވާ މެރިޓައިމް ބައުންޑަރީގެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ޢަމަލުކުރައްވާފައި ވަނީ އެމަނިކުފާނަށް ޤާނޫނު އަސާސީން ދީފައިވާ ބާރުތަކުގެ ބޭރުންކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށް، އިދިކޮޅު ޕީޕީއެމްއިން ނެރެފައިވާ ބަޔާނަށް ސަރުކާރުން ރައްދު ދީ މިއަދު ނެރެފައިވާ ބަޔާނެއްގައެވެ.

ސަރުކާރުން އިދިކޮޅު ޕީޕީއެމްއަށް ރައްދު ދީ ބަޔާނެއް ނެރެފައި މިވަނީ، ޗާގޮސްގެ މައްސަލާގައި ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަމަށާއި، އަދި އެއީ ރާއްޖޭގެ ގާނޫނު އަސާސީއާއި ޚިލާފަށް، ރައްޔިތުންގެ މަޖިލިހުގެ ރުހުމާނުލާ ދިވެހި ސަރުކާރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޕީޕީއެމްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓޮލްސް)ގެ ރެޖިސްޓްރަށް އިއްޔެ ސިޓީއެއް ފޮނުވާފައި ވަނިކޮށޭވެ.

މި ސިޓީގައި އިދިކޮޅު ޕީޕީއެމްއިން ބުނެފައިވަނީ މިއީ ދިވެހި ސަރުކާރުން ދިވެހި ރައްޔިތުންގެ ރުހުމާ ނުލާ، ގާނޫނު އަސާސީއާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި، އަދި މިއަހަރު އޮންނަ ރިޔާސީ އިންތިޚާބަށްފަހު އެނިންމުން ދެން އަންނަ ސަރުކާރަކުން ބަދަލު ކުރާނެ ކަމުގައެވެ.

އިދިކޮޅުގެ މި ސިޓީއަށް ރައްދު ދީ ސަރުކާރުން މިއަދު ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ މިފަދަ ޙައްސާސް މައްސަލައެއްގައި ދިވެހި ޢާއްމު ރައްޔިތުންނާއި ބައިނަލްއަޤުވާމީ މުޖުތަމަޢަށް އޮޅުން އަރާގޮތަށް ސިޔާސީ ޕާޓިތަކުން ކުރާ މަސައްކަތްތަކާމެދު ދިވެހި ސަރުކާރުން ނުހަނު ހިތާމަ ކުރާކަމަށް ވިދާޅުވެފައެވެ.

މިމައްސަލާގައި ސަރުކާރުން ނެރެފައިވާ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ،  ޤާނޫނު އަސާސީގެ 3 ވަނަ މާއްދާގައިވާގޮތުން ދިވެހިރާއްޖޭގެ ޞަރަޙައްދަށް އެއްވެސް ބަދަލެއް ގެންނަ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް އެދެންޖެހޭ ކަމަށާއި، ޗާގޯސް އާކިޕެލާގޯގެ މައްސަލައިގައި ހިމެނެނީ ރާއްޖޭގެ ދެކުނުގައި އޮތް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދި ކަމުގައެވެ.

އެހެންނަމަވެސް މި ސަރަޙައްދުގެ އިމަކީ މިހާތަނަށް އައި އިރު، ބައިނަލްއަޤުވާމީ ކަނޑާބެހޭ މުޢާހަދާގެ ދަށުން ކަނޑައެޅިފައިވާ ސަރަޙައްދެއް ނޫންކަމަށް ސަރުކާރުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ. ހަމަ އެއާއެކު، ރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ އިން ކަނޑައެޅުމަކީ ދިވެހި ސަރުކާރަށް ޤާނޫނު އަސާސީން ލިއްބައިދީފައިވާ ބާރަކަށްވީހިނދު އެ މަސްއޫލިއްޔަތު ދިވެހި ސަރުކާރުން ފުރިހަމައަށް ކަށަވަރުކުރާނަމަށް މިބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ބައިނަލް އަގުވާމީގޮތުން މޮރިޝަސްގެ ބައެއްގެ ގޮތުގައި މިހާރު ނިންމާފައިވާ، އަދި ރާއްޖެއިން އެގޮތަށް ޗާގޮސް ބަލައި ގަތުމާއި ގުޅިގެން، ފުށުއަރާ ދެގައުމުގެ ކަނޑުގެ ސަރަހައްދުގެ، ސަރަހައްދީ އިމާއި ގުޅޭ މައްސަލައާމެދު ބައިނަލްއަގުވާމީ ކޯޓުގައި ގޮތެއް ނިންމުން މާދަމައަށް ވަނީ ތާވަލް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. ސަރުކާރައް އިތުބާރު އޮންނާނެތާ އެވިއްކާލިގޮތައް ހުރިހާކަމެއް ފުރިހަމަވެގެންދާނެކަމާއި އިން ޑިޔާ ބޭނުންކޮން‘މެކަމަކައް ސަރުކާރު ރެޑީކަން ދުވެހިންނައްވަރައްސާފު

  2. ކޮންމެގޮތަކަށް ނިމުނަސް ޢަދުލުވެރި ކަމަށް ނިންމައިގެންތިބި ބައަކަށް އޮންނާނީ ހައްތާވެސް ޢަދުލުވެރޮގޮތް. ދިވެހި މަސްކަނޑުތަކުން އިންޑިޔާމީހުން ވައްކަންކުރުންވެސް ޢަދުލުވެރިކަމަށް އެއްބަސްވެގެން ތިބިތަން މިފެންނަނީ،، ސިއްރު އެއްބަސްވުންތަކުން މުޅިދައުލަތް ލޫޓުވާލައިފި. މަންމަގެ ފައްޓަރުބަޔަށްވެސް ހިނގަނީ އެވެރިންގެ ބާރު. މި އަނދިރިދުވަސްތަކުން ދިވެހިން މިންޖުކުރައްވާށި.

Leave a Reply

Your email address will not be published. Required fields are marked *