ބީއެމްއެލްގެ އައު ޑޮލަރު އޭޓީއެމްއެއް ޤާއިމްކޮށްފި

ބީއެމްއެލްގެ އައު ޑޮލަރު އޭޓީއެމްއެއް ޤާއިމްކޮށްފި

Author
އަޒްފާ ރަޝީދު
27 އޭޕްރިލް 2023 05:04
0

ބީއެމްއެލްގެ އައު ޑޮލަރު އޭޓީއެމްއެއް މ.ސްޓާރ ކްލައިޑް ބިލްޑިންގްގައި ޤާއިމްކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ހާމަކޮށްފައިވާ ގޮތުގައި ހ.މެރިން ޑްްރީމްގައި ޤާއިމްކޮށްފައިވާ ޑޮލަރު އޭޓީއެމްގެ ޙިދުމަތް މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން ބަންދުވާނެކަމަށް ބުނެފައިވެއެވެ. އަދި މި ދުވަހުން މ.ސްޓާރ ކްލައުޑް ބިލްޑިންގްގައި ޤާއިމްކޮށްފައިވާ އޭޓީއެމްގެ ޙިދުމަތް ފެށޭނެކަމަށް ބުނެފައިވެއެވެ.

ބީއެމްއެލްއިން ކޮށްފައިވާ އިޢުލާންގައި ބުނެފައިވަނީ، އަލަށް ޤާއިމްކުރެވޭ އޭޓީއެމްއަކީ ޑޮލަރުގެ މުޢާމަލާތްތަކަށް އެކަނި ބޭނުން ކުރެވޭނެ އޭޓީއެމް އެއްކަމަށެވެ. އަދި މިސަރަހައްދުން ރުފިޔާ ނެގުމަށް އައިޖީއެމްއެޗް ކައިރީގައި ޤާއިމްކޮށްފައިވާ އޭޓީއެމްގެ ޙިދުމަތް ލިބޭނެކަަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.