ފްރޭންކް ޕަމްޕާޑް ދެވަނަ ފަހަރަށް ހަވާލުވެ, އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ފަސްވަނަ މެޗުންވެސް ޗެލްސީ ބަލިވެއްޖެއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗު ބްރެންޓްފޯޑުން ކާމިޔާބުކޮށްފައި ވަނީ 0-2ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ ޗެލްސީންނެވެ. ފުރަތަމަ ހާފުގައި ޗެލްސީން ގޯލާ އަމާޒުކޮށް ދެ ހަމަލާ ފޮނުވާލި އިރު ބްރެންޓްފޯޑަށް އެއްވެސް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.
މި މެޗުގައި ބްރެންޓްފޯޑުގެ ފުރަތަމަ ގޯލަކީ ޗެލްސީގެ ޑިފެންޓަރު އަޒްޕިލިކުއެޓާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި ލަނޑު ވަދެފައި ވަނީ މެޗުގެ 37ވަނަ މިނެޓުގައެވެ.
ދެވަނަ ހާފުގައިވެސް ޗެލްސީން މެޗު ކޮންޓްރޯލު ކޮށްގެން ކުޅުނު ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭނެ ގޮތެއް ނުވިއެވެ. އޭގެ ފައިދާ ނަގާ ބްރެންޓްފޯޑުން ވަނީ ދެވަނަ ހާފުގައި ލީޑު ފުޅާކޮށްފައެވެ. އެޓީމަށް ލީޑު ފުޅާކޮށްދިނީ 62ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުމާއި ގުޅުނު ބްރެޔަން އެމްބެއުމޯއެވެ.
މިމޮޅާއެކު ބްރެންޓްފޯޑުން ވަނީ ލީގުގެ ގަދަ ދިހަ ޓީމްގެ ތެރޭގައި މަޤާމް ވަރުގަދަކޮށްފައެވެ. އެޓީމް އޮތީ 49 ޕޮއިންޓާއެކު އަށް ވަނާގައެވެ. ޗެލްސީ އޮތީ 39 ޕޮއިންޓާއެކު 11 ވަނާގައެވެ.
އޭޕްރީލް 3 ވަނަ ދުޗަހު ޗެލްސީގެ ކޯޗުކަމާ ލަމްޕާޑް ހަވާލުވި ފަހުން ކުޅުނު މެޗުތަކުން އަދި ޕޮއިންޓެއް ނުހޯދެއެވެ. އޭގެތެރޭގައި ލީގުގައި ކުޅުނު ތިން މެޗާއި, ޗެމްޕިއަންސް ލީގު ކްއާޓާ ފައިނަލް ދެ ލެގު ހިމެނެއެވެ. ފަސް މެޗުން ޗެލްސީއަށް ޖެހުނީ އެންމެ ގޯލެކެވެ.