6،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯ ލެވެލް އިމްތިހާނު ފަށައިފި

6،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯ ލެވެލް އިމްތިހާނު ފަށައިފި

Author
މުޙައްމަދު ޝަޒައިމް
25 އޭޕްރިލް 2023 02:25
0

މި އަހަރުގެ ސެކަންޑަރީ ސްކޫލް ސެޓިފިކެޓު، އެސްއެސްސީ އިމްތިހާން މިއަދު ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އަހަރުގެ އިމްތިހާނު ފެށީ އިސްލާމް ޕޭޕަރު 1 އިން ކަމަށެވެ. މާދަމާ އޮންނާނީ އިސްލާމް ޕޭޕަރު 2 އެވެ. އެ އިމްތިހާނު އޮންނާނީ މިއަދުން ފެށިގެން އަންނަ ޖޫން 8 ވަނަ ދުވަހާ ހަމައަށެވެ.

އެސްއެސްސީ ޓެސްޓުގައި 6،107 ދަރިވަރުން ބައިވެރިވެ އެވެވެ. މިއީ، މިދިޔަ އަހަރާ އަޅާބަލާއިރު 444 ކެންޑިޑޭޓުންގެ އިތުރުވުމެކެވެ. އައިޖީއެސްއީ އިމްތިހާނުގައި 6،698 ދަރިވަރުން ބައިވެރިވެ އެވެ. އެއީ ކުރީ އަހަރާ އަޅާބަލާއިރު 759 ގެ އިތުރުވުމެކެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ އިމްތިޙާނަށް ވަނީ މައިގަނޑު ދެ ބަދަލެއް ގެންނަވާފައެވެ. އެގޮތުން ކުރީގައި އެންމެ ފުރަތަމަ ބާއްވަނީ އިސްލާމް މާއްދާގެ ޕޭޕަރު ދޭއް ނަމަވެސް މިފަހަރު އެންމެ ފުރަތަމަ އޮތީ އިސްލާމް ޕޭޕަރު އެކެކެވެ. މީގެ އިތުރުން، ފާއިތުވި އަހަރުތަކުގައި އަތުކުރި ގަޑި އަޅައިގެން އިމްތިހާނުގައި ބައިވެރިވެވުނު ނަމަވެސް މިފަހަރަަކު ގަޑި އަޅައިގެން އިމްތިޙާންގައި ބައިވެރިއެއް ނުވެވޭނެއެވެ.

އެގޮތުން އާދައިގެ އަތުކުރި ގަޑިއެއް އިމްތިހާން ހޯލަށް ވެއްދުނު ނަމަވެސް، އެ ބާއްވަން ޖެހޭނީ އިންވިޖިލޭޓަރަށް ފެންނަ ގޮތަށް މޭޒުމަތީގައެވެ. އެ ބަދަލު ގެންނަން ނިންމީ ކޭމްބްރިޖުން ފޯރުކޮށްދޭ ހުރިހާ އިމްތިޙާނެއްގެ މައި އިދާރާ ޖޭސީކިޔުގެ ލަފާގެ މަތިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.