މާލޭގެ އެންމެ ބޮޑު ތިން މާރުކޭޓު އެއް އިމާރާތަކަށް ބަދަލުކޮށް މާލޭގައި ޒަމާނީ މާރުކޭޓެއް ހެދުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މާރުކޭޓް ގާއިމުކުރާނީ މަސް މާރުކޭޓާއި ލޯކަލް މާރުކޭޓް ހުންނަ ސަރަހައްދުގައި ކަމަށެވެ.
އެ މަޝްރޫއު ނިމޭއިރު ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓާއި މަސް މާރުކޭޓް އެއް އިމާރާތަކަށް ބަދަލުވެގެންދާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ އެއާއެކު މުޅި އެ ސަރަހައްދަށް ބޮޑު ލުޔެއް ލިބި އެ ސަރަހައްދުގެ ޕާކިންގ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ