ވ.ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކެއް ވީދާލި މައްސަލައެއް ފެންމަތިވެއްޖެ

ވ.ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކެއް ވީދާލި މައްސަލައެއް ފެންމަތިވެއްޖެ

Author
އަޒްފާ ރަޝީދު
24 އޭޕްރިލް 2023 06:40
0

ވ.ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކެއް ވީދާލި މައްސަލަ ބަލަލުންދާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކުގެ ތެރެއިން 20 ޚަތިމެއް ވީދައިލީ ރޭގެ ވަގުތެއްގައިކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

ފުލުހުންގެ އޮފިޝަލަކާއި ހަވާޅާދީ ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި، މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

ރޭގެ ވަގުތެއްގައި ޚަތިމުތައް ވީދައިލާފައިވާއިރު މިދިޔަ އޮކްޓޫބަރުގައި ވެސް ވަނީ އެ މިސްކިތުގައި ހުރި ޚަތިމުތަކުގެ ތެރެއިން ދިހަވަރަކަށް ޚަތިމް ވީދައިލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.