ދަރިމައިނުވުމުގެ ފަރުވާ އާސަންދައިގައި ހިމަނަން އެދެނީ

ދަރިމައިނުވުމުގެ ފަރުވާ އާސަންދައިގައި ހިމަނަން އެދެނީ

ގުޅުންހުރި

ދަރިމައިނުވުމުގެ މައްސަލަ ރާއްޖޭގައި އިތުރުވަމުން ދާތީ، މި މައްސަލަ ތަހައްމަލުކުރަން ޖެހިފައިވާ ރައްޔިތުންނަށް އިޖުތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ދަށުން ބޭސްފަރުވާގެ ފުރުޞަތުތައް މިހާރަށް ވުރެ ފުޅާކޮށް، ފަސޭހަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލީހަށް މި ގަރާރު ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ. އިޖުތިމާއީ ކޮމިޓީގެ ރިޕޯޓުގައި ގަރާރާ ގުޅިގެން ތިން ކަމެއް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މި މައްސަލައިގައި ރާއްޖޭގައި ދަރިމައިވާ ރޭޓު ދަށްވުމުގައި އިންފާޓިލިޓީއާ ގުޅުމެއް ހުރިތޯ ބެލުމަށް ދިރާސާއެއް ހެދުމަށް ކޮމިޓީން އިސްނެގުމަށް ވަނީ ހިމަނައިފައެވެ.

މިކަމަށް ކުރަން ޖެހޭ ފަރުވާތައް އާސަންދައިގައި ހިމަނަން ޖެހޭ ކަމަށާއި އެކަމަށް ގެންނަން ޖެހޭ ގަވައިދުތަކަށް އިސްލާހު ކުރަން ޖެހޭކަން ވެސް ފާހަގަކޮށްފައިވެއެވެ. އަދި މި ހިދުމަތް ރާއްޖޭގެ ހުރިހާ ރަށަކުން ވެސް ލިބެން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ގަރާރުގައި ބުނެފައިވާ ގޮތުގައި މި މައްސަލައަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށް ގަވައިދުން ހޯދަން ޖެހޭ ބައެއް ބޭސްތައް ރާއްޖޭން ހޯދުމަށް ތަފާތު އުނދަގޫތައް ކުރިމަތިވާ ކަން އެ ފަރާތްތަކުން ފާހަގަކުރާ ކަމަށެވެ.

ގަރާރުގައިވާ ކަންކަން ކޮމިޓީ ރިޕޯޓުގައިވާ ލަފާތަކާއެކު ތަންފީޒުކުރުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މި ގަރާރު މަޖިލީހަށް ހުށަހަޅައިގެން ފާސްކުރި ނަމަވެސް ސަރުކާރުން އެއަށް އަމަލުކުރުން މަޖުބޫރެއް ނުވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ