މާލޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ހަފްތާގެ އަންގާރަދުވަހު!

މާލޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ހަފްތާގެ އަންގާރަދުވަހު!

މާލެ ސަރަޙައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރެކޯޑުތަކުން ދައްކާގޮތުގައި މަލެ ސަރަޙައްދުގައި މިހާތަނަށް އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ހަފްތާގެ އަންގާރަދުވަހު ކަމަށާ، އެ ދުވަހު މާލެ ސަރަހައްދުގައި 92.5 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވާކަމަށެވެ.

މިމަހަކީ އާދަޔާ ޚިލާފަށް ރާއްޖެއަށް ހޯނު ގަދަވާ މަހެއްކަމަށް ވާތީ އެކަމަށް ސަމާލުވެ ރައްކާތެރިވުމަށް މެޓް އޮފީހުންވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހޫނު ގަދަވުމާއެކު ކަރަންޓު ބޭނުންކުރާ މިންވަރު އިތުވާނެކަމަށް ވާތީ ކަރަންޓު ބިލްތައް މިމަހު ބޮޑުވެދާނެކަމަށް ސްޓެލއްކޯއިންވެސް ވަނީ ދުރާލައި ސަމާލުކަމަށް ގެނެސްފައެވެ.

އޭޕްރީލް މަހަކީ ޢާންމުކޮށްވެސް ރާއްޖެއަށް އެންމެ ހޫނުގަދަވާ މަހެވެ. މި އެޕްރީލްގައި ވަކިން ހޫނުގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރުމާ ގުޅިގެން ސްޓެކްކޯއިން ވަނީ ކަރަންޓު އިޤްތިޞާދުކުރުމަށް އިލްތިމާސްކޮށްފައެވެ.

ޝަރީފް ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާގައި އަދިވެސް މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށާ، ސްޓެލްކޯގައި މިވަގުތު 120 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ހުރި ނަމަވެސް ކަރަންޓު އިގްތިޞާދުކުރުމަށް އިލްތިމާސްކުރައްވާކަމަށެވެ.

ރާއްޖޭގެ ހޫނުމިން ބައެއް ވަގުތުތަކުގައި 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދާނެ ކަމަށް ލަފާ ކުރެވޭތީ ބޭރަށް ނުކުމެ އުޅޭ އިރު ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ކުރި ޓްވީޓެއްގައި ވަނީ މިއަދު ހެނދުނު 11:00 ޖެހިއިރު ރާއްޖޭގެ ފަސް ސަރަހައްދަކަށް ފީލްސް ލައިކް ޓެމްޕަރޭޗާ ނުވަތަ އިހްސާސް ކުރެވޭ ހޫނުމިން ހުރި ގޮތް އަންގައިދޭ ތަފްސީލްތަކެއް ހާމަކޮށްފައެވެ. އެކަމަކު މެޓް އޮފީހުގެ މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާންމު ފިނިހޫނުމިން އެވްރެޖު ގޮތެއްގައި ހުރީ 31.6 ޑިގްރީ ސެލްސިއަސް އާއި 32 ޑިގްރީ ސެލްސިއަސްއާ ދެމެދުގައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މަާ ވަރަކައް ކަރަންޓްގެ ވާހަކަ މިދައްކަނީ އަނެއްކާ ލާރިގަނޑެއް ދަމައިގަނނަނޭބާ

Leave a Reply

Your email address will not be published. Required fields are marked *