ލޯބިވެރިޔާއާ މާރާމާރީ ހިންގި ޒުވާނަކު ހައްޔަރުކޮށްފި

ލޯބިވެރިޔާއާ މާރާމާރީ ހިންގި ޒުވާނަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2023 12:14
0

ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން މީހާއާ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މާލޭގައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ގއ. ނިލަންދޫއަށް ނިސްބަތްވާ ޒުވާން ފިރިހެނެކެވެ.

އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަަކީ މާރާމާރީ ހިންގުމެވެ. މި މައްސަލައިގައި ފުލުހެއްގެ ބަޔާނުގައި ބުނެފައިވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފަރާތަށް ޖިސްމާނީ އަނިޔާކޮށް ބިރުދައްކާފައިވާ ކަމަށް ބެލެވޭ ކަމަށެެވެ.

މުޖުމަތުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް އިއްޔެ ކޯޓުން ވަނީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.