މި ރޯދަމަހުގެ ފަހު އިޙްޔާ ފޯރަމް މިރޭ އޮންނާނެ

މި ރޯދަމަހުގެ ފަހު އިޙްޔާ ފޯރަމް މިރޭ އޮންނާނެ

Author
އަޒްފާ ރަޝީދު
19 އޭޕްރިލް 2023 07:49
0

ރޯދަ މަހުގެ ރޭތައް އިހުޔާކުރަން އިސްލާމިކް މިނިސްޓްރީން މި ރޯދަ މަހު ބާއްވަމުން އައި އިހުޔާ ޕްރޮގްރާމްގެ ފަހު ފޯރަމް މިރޭ ބާއްވަން ނިންމައިފި އެވެ.

އިސްލާމީ މަރުކަޒުގައި ބާއްވާ އެ ފޯރަމްގެ މައުޟޫ އަކީ "ފާފަ ފުއްސެވުމުގައި ﷲ ގެ އޯގާވަންތަވެރިކަން" އެވެ. މި މައުޟޫއު އަށް ފޯރަމްގައި ތަގުރީރު ކުރައްވާނީ ޑރ. އަބްދުއްސައްތާރު އަބްދުއް ރަހުމާނެވެ.

ރޯދަ މަހުގެ ރޭތައް އިހުޔާކުރަން މިރޭ ބާއްވ ފޯރަމަކީ މި އަހަރުގެ 16 ވަނަ ފޯރަމެވެ. ފޯރަމްތައް މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ބާއްވާފައިވެ އެވެ. އެގޮތުން 7 ރަށެއްގައި ފޯރަމް ބޭއްވި އެވެ. އެއީ އައްޑޫ ހިތަދޫ، ހދ. ކުޅުދުއްފުށި، ޅަ. ނައިފަރު، ރ. ދުވާފަރު، ހއ. ހޯރަފުށި، ގދ. ތިނަދޫގެ އިތުރުން ފުވައްމުލަކެވެ.

މި ފަހަރު ސްކޫލް ދަރިވަރުންގެ ފޯރަމްތަކެއް ވެސް އިސްލާމިކް މިނިސްޓްރީން ބޭއްވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.