ޢީދު ބަންދު 3 ދުވަހުގައި އައިޖީއެމްއެޗްގެ އޯޕީޑީ އަދި ކްލިނިކަލް ޙިދުމަތްތައް ބަންދު ވާނެ

ޢީދު ބަންދު 3 ދުވަހުގައި އައިޖީއެމްއެޗްގެ އޯޕީޑީ އަދި ކްލިނިކަލް ޙިދުމަތްތައް ބަންދު ވާނެ

Author
އަޒްފާ ރަޝީދު
19 އޭޕްރިލް 2023 07:43
0

މި އަހަރުގެ ފިތުރު އީދާ ގުޅިގެން އައިޖީއެމްއެޗް ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އޯޕީޑީ އަދި ކްލިނިކަލް ޙިދުމަތްތައް ބަންދު ވާނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ 1444 ވަނަ އަހަރުގެ ފިތުރު އީދާ ގުޅިގެން އޭޕްރިލް މަހުގެ 21، 22 އަދި 23 ގައި އޯޕީޑީ އަދި ކްލިނިކަލް ޚިދުމަތްތައް ބަންދުވާނެ ކަމަށެވެ. އަދި ސްޕެޝަލިސްޓް އޯޕީޑީ އާއި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް (އައިޕީޑީ އަދި އިމަރޖެންސީ ޚިދުމަތްތަައް ފިޔަވައި) އެ ހޮސްޕިޓަލުން އާންމުންނަށް ފޯރުކޮށްދޭ ޙިދުމަތްތައް ބަންދުވާނެ ކަމަށް ބުނެފައިވެއެވެ.

ކުރިއަށްއޮތް ބަންދު ދުވަސްތަކުގައި އޯޕީޑީ އަދި ކްލިނިކަލް ޚިދުމަތްތައް މެދުކެނޑިގެން ދިޔަނަމަވެސް، ޓްރޯމާ އެންޑް އިމަރޖެންސީގެ ޚިދުމަތްތައް މެދުނުކެނޑި 24 ގަޑިއިރު ލިބޭނެއެވެ.

ފިތުރު އީދާ ގުޅިގެން އައިޖީއެމްއެޗް ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ތިން ދުވަހެއް ބަންދުވާއިރު، ރޯދަމަހާ ގުޅިގެންވެސް އައިޖީއެމްއެޗުން ދޭ ޚިދުމަތްތަކުގެ ވަގުތަށް ބަދަލު ގެނެސްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.