ދުވަހަކުވެސް ނަޝީދަށް އިޚުތިރާމް ނުކުރާނަން: ރޮޒޭނާ

ދުވަހަކުވެސް ނަޝީދަށް އިޚުތިރާމް ނުކުރާނަން: ރޮޒޭނާ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދުވަހަކުވެސް އިހުތިރާމް ނުކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒޭނާއަކީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގައި ހިމެނޭ މެމްބަރުންގެ ތެރެއިން ރައީސް ނަޝީދަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް މެމްބަރެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާއި، ނިމިޔަ ރިޔާސީ ޕްރައިމަރީގައިވެސް ނަޝީދަށް އަމާޒުކޮށް އެންމެ ބޮޑެތި ފާޑުކިޔުން އަމާޒުކުރި އެއް މެމްބަރަކީ ރޮޒޭނާއެވެ.

ރޮޒޭނާގެ ފާޑުކިޔުން ނަޝީދަށް އަމާޒުވަނީ ނަޝީދުވެސް އެކި އެކައުންޓުތަކުންނާއި، މަޖިލިސް ތެރޭގައިވެސް އޭނާއަށް އަމާޒުކޮށް ވިދާޅުވާ ވާހަކަތަކާއި ގުޅިގެންނެވެ. ވަކިން ޚާއްސަކޮށް، ކަށަވަރުނުވާ ހަސަން ކުރުސީގެ އެކައުންޓުންނާއި، އެލެކްސް އަހުމަދުގެ އެކައުންޓުން ރޮޒޭނާއަށް އަބަދުވެސް ވަރަށް ފާޑުކިޔައެވެ.

ރޮޒޭނާ ނަޝީދަށް އިހުތިރާމު ނުކުރާނެކަމަށް ވިދާޅުވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)އާ ދެމެދު ޓުވިޓާގައި ހިނގި ކޯޅުމެއްގައެވެ. އިންތި ވިދާޅުވީ އެމްޑީޕީއަށްޓަކައި ކުރި މަސައްކަތެއްގައި ރޮޒޭނާއާއި ރޮޒޭނާގެ އާއިލާގެ އެކެއްގެ ގައިގައިވެސް ކޫރުމެެއްވެސް އެޅިފައި ނުވާނެކަމަށެވެ.

ރޮޒޭނާއާއި ރޮޒާނާގެ އާއިލާގެ މީހެއްގެ ހަށިގަނޑަށް، ޖިސްމަށް ލަކުނެއްހާ ކަންފުޅެއް ވެސް އަރާފައިނުވާނެ މި ޤައުމަށްޓަކައި އަދި މި ޕާރޓީ އަށްޓަކައި ކުރި މަސައްކަތެއްގެ ތެރެއިން. މިދަރަޖައަށް ހަޔާތް ގެއްލުނީމާ އެނގެނީ މިއީ އިބޫ މި ޕާޓީ ގެންގޮސް ވައްޓަލަން ބޭނުންވި ހިސާބުކަން.

– އިންތި ވިދާޅުވިއެވެ.

އިންތިގެ ވާހަތަކަށް ރައްދު ދެއްވައި ރޮޒޭނާ ވިދާޅުވީ ރައްޔިތުންގެ ތެރޭގައި ބޮޑެތި ތުހުމަތު އަޅުގައި ހުތުރުބަހުން އޭނާއަށް މުޚާތަބު ކުރަމުންދާ މީހަކަށް ކުރާނެ އިހުތިރާމެއް ނޯންނާނެކަމަށެވެ. އިހުތިރާމަކީ ދެފަރާތުންވެސް ކުރިވަރަކަށް ލިބޭނެ އެއްޗެއް ކަމަށާއި، ނަޝީދަށް ކުރާނެ އިހުތިރާމެއް ނޯންނާނެކަމަށެވެ.

މަށޭ ކިޔައިގެން ތިހިރަ ފަތުރާލިހާ ދޮގުތަކަށްފަހު އޭނާ (ރައީސް ނަޝީދު) އަށް އިހްތިރާމް ކުރާނެ ކަމަށް އުއްމީދު ކުރަނީތަތި؟ ހަނދާން ނައްތާލާ. ދުވަހަކު ވެސް ނުވާނެ.

– ރޮޒައިނާ ވިދާޅުވިއެވެ.

ވެރިކަން ކުރާ އެމްޑީޕީ ދެބައި ވެފައިވާ އިރު ރޮޒައިނާ ހުންނަވަނީ ސަރުކާރު ފަޅީގައެވެ. އިމްތިޔާޒް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިންގަވާ އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަންގައެެވެ. އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ވަނީ އިންތިއާއިމެދު ފިޔަވަޅު އަޅަންވެސް ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ތަހީވެނާ މުޑޫދާރައްހެން ތަތޭކޭޔައް ތައެކުހުން އިހްތ ކުރުވަން ތޯ އޮޅިގެން ނިހިނގަ ހަގީ ތަ އަންނި ދެކެވ ލޯބިވެއި އެކަމް އޭނަ ޔައް ޔޫ ކަމިނިވެއި އެހެން ތަ ހިއްތެޅެނީީލަދަގަނުފެލެ ތައް މޑޕ ދެއްކީ ވައްދަން ހިއްވަރުދިނީ އޭނަ

Leave a Reply

Your email address will not be published. Required fields are marked *