ފިތުރު ޒަކާތުގެ ގޮތުގައި 6.1 މިލިއަން ރުފިޔާ

ފިތުރު ޒަކާތުގެ ގޮތުގައި 6.1 މިލިއަން ރުފިޔާ

ގުޅުންހުރި

މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 25 ވަނަ ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 6.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ވަނީ ފާއިތުވެދިޔަ ހަތަރު އަހަރު ރޯދަ މަހުގެ ފުރަތަމަ 25 ގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ފިތުރު ޒަކާތް އެންމެ ގިނައިން ލިބިފައިވަނީ މި އަހަރު އެވެ. މި އަހަރު ރޯދަ މަހުގެ ފުރަތަމަ 25 އެއްގައި 6،108،560 ރުފިޔާ ވަނީ ލިބިފައެވެ.

ދެން އެންމެ ގިނައިން ފިކުރު ޒަކާތް ލިބިފައިވަނީ 2020 ވަނަ އަހަރުގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެ އަހަރު ލިބިފައިވަނީ 5،979،474 ރުފިޔާއެވެ. ރޯދަ މަހުގެ ފުރަތަމަ 25 އެއްގައި 2022 ގައި ލިބިފައިވަނީ 5،943،196 ރުފިޔާ އެވެ. އަދި 2021 ގައި ލިބިފައިވަނީ 5943،196 ރުފިޔާއެވެ.

އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލައިގަންނަވަން ފަށާފައި ވަނީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގައެވެ. އޮންލައިންކޮށް ޒަކާތް ބަލައިގަތުން މިހާރު ވަނީ މެދުކަނޑުއްވައިލައްވައިފައެވެ. އަދި އިސްލާމިކް މިނިސްޓްރީން ވަނީ ގޮވާމުން ޒަކާތް ބަހަން ފަށާފައެވެ. ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅައަޅުއްވައިފައިވާ ގޮވާމުގެ ބާވަތްތަކުގެ ތެރެއިން، އެބަޔަކު ޢާއްމުކޮށް ކައިއުޅޭ ބާވަތަކުން 2.4 ކިލޯއަށްވާ ފައިސާއިންނެވެ.

ފިޠުރު ޒަކާތް ދެއްކުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ. ފިޠުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ