ޗެލްސީގެ ކޯޗަކަށް ނާގެލްސްމަން ގެނައުމުގެ މަޝްވަރާތައް ކުރިއަށް

ޗެލްސީގެ ކޯޗަކަށް ނާގެލްސްމަން ގެނައުމުގެ މަޝްވަރާތައް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ޗެލްސީގެ ހުސްވެފައިވާ ކޯޗުކަމުގެ މަގާމަށް ޖަރުމަނުގެ ބަޔާން މިޔުނިކުން ދާދި ފަހުން ވަކިކުރި ޖޫލިއަން ނާގެލްސްމަން ގެނައުމުގެ މަޝްވަރާތައް ފަށައިފިއެވެ.

ބަޔޭންއިން ނާގެލްސްމަން މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ ފަހު ކޮޅު މަގާމްގައި ހުންނަތާ ދެ އަހަރުވެސް ނުވަނީހެވެ. އަދި ޗެލްސީއިން އެޓީމްގެ ކޯޗް ގްރަހަމް ޕޮޓަރ މަގާމުން ވަކިކުރީ މިމަހުގެ ކުރީކޮޅުއެވެ. އެއާއެކު މިހާތަނަށް ބައެއް ކޯޗުންނާއެކު މަޝްވަރާތަށް ބޭއްވި ނަމަވެސް އެމަގާމަށް ގެންނާނެ ފަރާތަކާއި މެދު ގޮތެއް ނިންމާފައި ނުވާކަމަށް ހަބަރުލިބެއެވެ.

ނާގެލްސްމަންގެ އިތުރުން ސްޕެއިންގެ ކުރީގެ ކޯޗް ލުއިސް އެންރީކޭ އަށްވެސް ޗެލްސީއިން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އުމުރުން 35 އަހަރުގެ ނާގެލްސްމަންއަކީ މިވަގުތު ޔޫރަޕްގައި ހަރަކާތްތެރިވަމުންދާ ކޯޗުންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ޒުވާން ކޯޗެވެ. އޭނާ ހޯދުމަށް ޕްރިމިއަރ ލީގުގެ އެހެން ކްލަބެއް ކަމަށްވާ ޓޮޓްނަމް ހޮޓްސްޕަރއިން ވެސް މަސައްކަތް ކުރަމުންދާކަމަށް ހަބަރު ލިބެއެވެ. އަދި ނާގެލްސްމަންވަނީ ޗެލްސީގެ ސްޕޯޓިންގ ޑިރެކްޓަރ ލޯރެންސް ސްޓެވަޑް އާއި ޓެކްނިކަލް ޑިރެކްތަރ ކްރިސްޓޮފަރ ވިވެލް އާއެކު އާރްބީ ލިޕްޒިގްގައި މަސައްކަތް ކޮށްފައެވެ.

ނާގެލްސްމަން އެންމެފަހުން މަސައްކަތް ކުރި ބަޔޭން އާއި ގުޅިފައިވަނީ 2021 ވަނަ އަހަރުގެ ސީޒަނާއެކުއެވެ. އަދި ފުރަތަމަ ސީޒަންގައި ބުންޑަސްލީގާގެ ތަށި ކާމިޔާބުކޮށްދީފައެެވެ. އަދި މަގާމުން ވަކިކުރިއިރުދަނީ މިސީޒަންގައިވެސް ލީގަށް ވާދަކުރުމުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ކްއާޓަރ ފައިނަލުން ޖާގަހޯދާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *